އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި އެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލް:

 ނަންބަރ: A/IUL/344/2024/34

 

އިޢުލާން

ރައްޔިތުންނާއި އެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލް:

 

މިކައުންސިލުން ރައްޔިތުންނާއެކު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލުވަނީ، 22 ފެބުރުވަރީ 2024 ގައި ބޭއްވުނު މިކައުންސިލުގެ 04 ވަނަ ދައުރުގެ 129 ވަނަ ޢާންމު ޖަލްސާގައި ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރެވިފައެވެ. ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖެއްސުމުގެ އުޞޫލާއި ކައުންސިލް ޖަލްސާގެ ނިންމުން މިއިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2024
ހޯދާ