ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2024 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

ތާރީޚް: 28 މާރޗް 2024

ނަންބަރ: (IUL)327-A/327/2024/87

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                        

ތިރީގައި އެވަނީ 27 މާރޗް ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 12 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

1)   ކުޑަކުދިންގެ ޕާކް ތަރައްޤީކުރާ ބިމުގައި ބެލެނިވެރިންގެ ހިޔާ ތަރައްޤީކުރުމަށް ނައިފަރު ކައުންސިލާއި އެޗް ވޯކްސްއާއި އެކު ވެފައިވާ ނަމްބަރު (AGR)327-A/PRIV/2024/9 އެއްބަސްވުމާއި ގުޅިގެން ކައުންސިލުން އެދިގެން އިތުރު ކުރެވޭ މަސައްކަތަށް، މި ފަރާތުން ފޮނުވާފައިވާ ސިޓީގައި މި މަސައްކަތަށް ކުރުމަށް ހިނގާނެ ޚަރަދާއި މުއްދަތާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.49 ގެ (ނ) ގައި ބަޔާންކުރާ އަގަށް ފެތޭތީވެ އިތުރު ކުރެވޭ މަސައްކަތުގެ އަގު ކަމަށް އެޗް ވޯކްސްއިން ހުށަހަޅާފައިވާ 5،400ރ ގެ ވޭރިއޭޝަން ގެނައުމަށް ފެންނަކަމަށާއި އިތުރު ކުރެވޭ މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ 6 ދުވަހުގެ މުއްދަތު އިތުރުކޮށްދީ އެއްބަސްވުމަށް ބަދަލު ގެނައުމަށް ފެންނަކަމަށް ނިންމުން.  

2)     ކުޑަކުދިންގެ ޕާކް ތަރައްގީކުރާ ބިމުގައި އައުޓްޑޯރ ޖިމް ތަރައްގީކުރަމުން އަންނަ އެމް އެލް ކޮންސްޓްރަކްޝަނުން 23 މާރޗް 2024 ގައި ހުށަހަޅާފައިވާ ސިޓީއާއި ގުޅޭގޮތުން، މި ބީލަމާއި ގުޅިގެން ނައިފަރު ކައުންސިލާއިއެކު ވެވިފައިވާ ނަންބަރ (AGR)327-A/PRIV/2024/8   އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ކައުންސިލަށް ލިބޭ ގޮތަށް މަސައްކަތް ރާވާހިންގުމަކީ އެމް އެލް ކޮންސްޓްރަކްޝަނުގެ މައްސޫލިއްޔަތަކަށްވާތީއާއި އެމް އެލް ކޮންސްޓަރަކްޝަނުން ބީލަން ހުށަހެޅިއިރު މޮބިލައިޒޭޝަން ޕީރިއެޑް ކަމަށް 7 ދުވަސް ހުށަހަޅާފައިވާތީ، އެ 7 ދުވަހުގެ ތެރޭގައި މި މަސައްކަތަށް ބޭނުންވާ ތަކެތި ސައިޓަށް ޖަމާކުރެވިފައި ހުންނަންވާނެ ކަމަށް ނުވަތަ މި ތަކެތި ނުލިބޭނަމަ އެކަމާއި ގުޅިގެން މި މުއްދަތުގެ ތެރޭގައި މަސައްކަތް ހަވާލުކުރި ފަރާތަށް އަންގާފައިވާކަމަށް ބާރުލިބޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާތީވެ އެދިފައިވާ ގޮތަށް 30 ދުވަސް އިތުރުކުރުމަށް ނުފެންނަކަމަށް ނިންމުން.

3)     ނައިފަރު ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކަމާއިއެކު ލިބޭނެ މަގުފަހި ކުރުމަށްޓަކައި "ނައިބޮލި" ނަމުގައި ސިޓިޒަންސް ޕޯޓަލްއަކާއި މެނޭޖްމަންޓް ޕޯޓަލްއެއް ތަރައްޤީ ކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން މި މަސައްކަތަށް ބީލަން ހުށަހަޅާފައިވާ ހަމަ އެކަނި ފަރާތުން ހުށަހަޅާފައިވާ އަގަކީ މި މަސައްކަތް ކުރުމަށް އެކަށީގެންވާ އަގެއްކަން ނުވަތަ ނޫންކަން އެނގޭގޮތަށް އިވެލުއޭޝަން އިސްލާހު ކުރުމަށްފަހު އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަނާއި އެކު އަލުން ބިޑު ކޮމެޓީއަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމުން.

 ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                                 28 މާރޗް 2024

28 މާރިޗު 2024
ހޯދާ