ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

މިމަރުކަޒުގެ 2015 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަރުކަޒުގެ ސެކިއުރިޓީ 16 މޭ 2015 އިން ފެށިގެން 31 ޑިސެންބަރު 2015 ގެ ނިޔަލަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މޭ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ