އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ހިޔުމަން ރިސޯސް އޮފިސަރ ގްރޭޑް 1

މަޤާމް :ހިޔުމަން ރިސޯސް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު :1

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ،

ދިވެހިރާއްޖެ

 

 

 

ވަޒީފާގެ ފުރުޞަތު

ތާރީޚް:

17 ރަމަޟާން 1445

27 މާރިޗު 2024

ނަންބަރު:

(IUL)123-HR/123/2024/29

މަޤާމް:

ހިޔުމަން ރިސޯސް އޮފިސަރ

ކްލެސިފިކޭޝަން:

ހިޔުމަން ރިސޯސް އޮފިސަރ ގްރޭޑް 1

ވަޒީފާގެ ބާވަތް:

ވަގުތީ (06 މަސް)

މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ

މުސާރަ:

-/7000 (ހަތް ހާސް ރުފިޔާ)

ޑެއިލީ އެލަވަންސް:

 207/-    (ދުއިސައްތަ ހަތް ރުފިޔާ)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ޝަރުޠު

  1. ޖީސީއީ އޭލެވަލް އިމްތިޙާނުގައި ދެމާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން.  އަދި ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން  ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ  އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން  ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން
  3. އުމުރުން 55 އަހަރު ވެފައިނުވުން.
  4. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މައިގަނޑު މަސައްކަތް:

  • ކޮމިޝަންގެ މުވައްޒަފުން ރިކުއެސްޓްކުރާ ރިފަރެންސް ލެޓަރތައް ތައްޔާރުކޮށް ޑިސްޕެޗު ކުރަން ހަވާލުކުރުން.
  • މުވައްޒަފެއްގެ ވަޒީފާއާއި ބެހޭ މަޢުލޫމާތު ނުވަތަ މުވައްޒަފެއްގެ އަމިއްލަ މަޢުލޫމާތު ބަދަލުވެއްޖެނަމަ،އެޗްސީމއެމްއިން  އަޕްޑޭޓްކުރުން.
  • އެޗްސީއެމްއިން މުވައްޒަފުންގެ ޗުއްޓީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ވަޒީފާއަށް އަލަށް ވައްދާ މުވައްޒަފުންގެ މަޢުލޫމާތާއި ވަޒީފާއިން ވަކިވާ މުވައްޒަފުންގެ މަޢުލޫމާތު އެޗްސީއެމްއިން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކޮމިޝަނަށް އަލަށް ވަންނަ މުވައްޒަފުންނާއި ކޮމިޝަނުނގެ ވަޒީފާއިން ވަކިވާ މުވައްޒަފުންގެ މަގާމުތަށް ފިނޭސްގެ ސެޕް ސިސްޓަމްގެ ތެރެއިން ޕޮޒިޝަންތައް ކުރިއޭޓްކޮށް ޑީލިމިޓުކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުން.
  • މުސާރަ ހެދުމަށް ބޭނުންވާ އެހީތެރިކަން ދިނުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20)
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
  3. އިމްތިހާނު ނުވަތަ ޕްރެޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

އެޕްލިކޭޝަން ސުންގަޑި:

17 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފަޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
  5. ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

27 މާރިޗު 2024
ހޯދާ