މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޢީދު ނަމާދު ޖަމާޢަތް ފަށާ ގަޑި ބަދަލުކުރުމާގުޅޭ

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 7:30 ގައި މިސްކިތްތަކުގައި ކަމުގައި ވިޔަސް އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަށްވެފައި، ގިނަވަގުތު ހޫނުގައި ތިބުމަކީ ދަތި ކަމަކަށްވާތީއާއި، މިހާރަކަށްއައިސް ދިވެހިރާއްޖޭގެ މައިދާންތަކާއި، ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ހާޞިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭތީ، ޙިޖުރީ ސަނަތުން 1445، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދުން ފެށިގެން ރާއްޖޭގައި ފިޠުރު ޢީދާއި، އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ފަލަކީ ކޮމިޓީގެ މަޝްވަރާގެ މަތިން ވަނީ ނިންމާފައެވެ.

އެހެންކަމުން، ކެނދިކުޅުދޫގައިވެސް ޙިޖުރީ ސަނަތުން 1445، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދުން ފެށިގެން ފިޠުރު ޢީދާއި އަދި އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ގައި ކަމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

16   ރަމަޟާން   1445

26   މާރިޗް     2024                                                                          

26 މާރިޗު 2024
ހޯދާ