މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޭވާއާއި ތަރުކާރީއަށް ވަރަށް ބޮޑު ނުރައްކަލަކަށްވެފައިވާ ފްރުޓް ފްލައި ކޮންޓްރޯލް ކުރުމާ ބެހޭ

އިޢުލާން

ދުނިޔޭގައި ދަނޑުވެރިކަންކުރާ ގިނަ ޤައުމުތަކުގައި ހައްދާ މޭވާއާއި ތަރުކާރީއަށް ވަރަށް ބޮޑު ނުރައްކަލަކަށްވެފައިވާ މެހީގެ ބާވަތެއް ކަމަށްވާ ފްރުޓްފްލައިގެ ބާވަތެއް ށ.ފީވަކުގައި ހައްދާ އަނބު އަދި ޖަނބުރޯލުން ވަނީ ފެނިފައެވެ. ފީވަކުން މިފެނުނު ފްރުޓްފްލައިގެ ބާވަތަކީ "އޮރިއެންޓަލް ފްރުޓްފްލައި" އެވެ. އަދި މިބާވަތުގެ ފްރުޓްފްލައި އަށަގަންނަ މޭވާއާއި ތަރުކާރީގެ ތެރޭގައި އަނބު، ޖަނބުރޯލު، ބަނބުކެޔޮ، ޓޮމާޓޯ، ކަރާ، ފޭރު އަދި ތަފާތު އެތައް ވައްތަރެއްގެ މޭވާއާއި ތަރުކާރީއަށް ގެއްލުންދޭ ސޫތްޕެކެވެ. ފުރުޓްފްލައިގެ މެހި އޭގެ ކަށި މޭވާގެ އެތެރެއަށް ވައްދާލުމަށްފަހު މޭވާގެ ތޮށިގަނޑުގެ އެތެރެއަށް ބިސް އަޅައެވެ. އަދި ބިހުން ފަނި ނިކުތުމަށްފަހު މޭވާގެ އެތެރެ ކާންފަށައެވެ. ބައެއްފަހަރަށް މި މެހީގެ ސަބަބުން ގަހުން ލިބޭ ގޮވާމުގެެ 90 އާއި 100 ޕަސެންޓް ބޭނުން ނުކުރެވި ގެއްލިގެންދެއެވެ. މިހެންކަމުން މި މެހި ށ. ފީވަކުގައި ކޮންޓްރޯލު ކުރުމަށާއި ރާއްޖޭގެ ދަނޑުވެރިކަން ކުރާ އެހެން ރަށްރަށަށް ފެތުރުނަ ނުދިނުމަށްޓަކައި މަސައްކަތްކުރަންޖެހެއެވެ.

ވީމާ، މި މެހި މިހާރު އުޅޭކަމަށް ރިކޯޑުކޮށްފައިވާ ށ.ފީވަކުން ތަކެތި ރަށްރަށް އެތެރެކުރާއިރު މިކަމަށް ސަމާލުވުން މުހިންމެވެ. ފީވަކުން އަނބު. ޖަނބުރޯލު ފަދަ ތަކެތި ބޭރުކުރާއިރު އެތަކެތި ހޫނުފެނުގައި 48 ޑިގްރީސް ގައި 60 މިނިޓު ބެހެއްޓުމަށްފަހުގައި މެނުވީ ބޭރުނުކުރުމަށް ވާނީ އަންގާފައެވެ. އަދި މީގެ އިތުރުން "ފްރުޓްފްލައި"ގެ އެއްވެސް އަލާމާތެއް އެއްވެސް ތަނެއްގައި ރަށުގައި ހުރި އަނބު ނުވަތަ މިނޫންވެސް މޭވާއަކުން ފެނޭތޯ ބަލައި ޗެކްކޮށް ފްރުޓްފްލައިގެ އެއްވެސް ނިޝާނެއް ފެނިއްޖެނަމަ މިނިސްޓްރީއަށް އަވަހަށް ރިޕޯޓުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މިމެހީގެ ފަނި ހުރި އަނބެއް ކެއުމުގެ ސަބަބުން އިންސާނަކަށް އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ.

2 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ