މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭޖަނަވާރާއި، ގަސްގަހާގެއްސާއި ގަހުގެ ބައިތައް ބަލައި ފާސްކުރާ ގަޑިއަށް ވަގުތީގޮތުން ބަދަލުގެނައުން

ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭޖަނަވާރާއި، ގަސްގަހާގެއްސާއި ގަހުގެ ބައިތައް ބަލާ ފާސްކުރާ ގަޑިއަށް ވަގުތީގޮތުން ބަދަލުގެނައުން

ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭޖަނަވާރާއި، ގަސްގަހާގެއްސާއި، ގަހުގެ ބައިތައް ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުން ބަލައި ފާސްކުރުމުގެ ޚިދުމަތް 26 އެޕްރީލް އިން 05 މޭ 2015އަށް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00ން ރޭގަނޑު 01:00 އަށެވެ. 01:00 ގެ ފަހުން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކާރގޯގެ ގޮތުގައި ގެންނަ މިބާވަތުގެ ތަކެތި ބަލައި ފާސްކުރާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިކަމުގެ ސަބަބުން މިބާވަތުގެ ތަކެތި އެތެރެކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ