އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ކައުންސިލްގެ ބައި-އިލެކްޝަން

ރ. އަނގޮޅިތީމު ކައުންސިލްގެ ބައި-އިލެކްޝަން

2015 އެޕްރީލް 17 ގައި ގެޒެޓްކޮށްފައިވާ، ރ. އަނގޮޅިތީމު ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތައް، މިއަދު (21 އެޕްރީލް 2015) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް (http://www.gazette.gov.mv) އިންނާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.

ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2015 އޭޕްރީލް 21 އިން 2015 އެޕްރީލް 30 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 3:00 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާއިބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ