މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެތީގެ ޝިޕްމަންޓްތަކާބެހޭ

ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެތީގެ ޝިޕްމަންޓްތަކާބެހޭ

ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެތީގެ ޝިޕްމަންޓްތައް އެއްވެސް ސަބަބުތަކާހުރެ ރާއްޖެއަށް އަނބުރާ އެތެރެކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މިފަދަ ޝިޕްމަންޓްތައް ރާއްޖެއަށް އެތެރެކުރުމަށްޓަކައި ކްލިއަރެންސް ދެވޭނީ މިއޮތޯރިޓީން ބަލައި ފާސްކުރުމަށް ފަހުގައެވެ. އެހެންކަމުން 15 މޭ 2015 އިން ފެށިގެން ދިވެހިރާއްޖެއަށް ފޮނުވާލެވޭ މިފަދަ ޝިޕްމަންޓްތައް ބަލައި ފާސްކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ 12 ގަޑިއިރު ކުރިން އެކަމަށް އެދި މިއޮތޯރިޓީއަށް ޝިޕްމަންޓާބެހޭ ލިޔެކިއުންތަކާއެކު ހުށަހެޅުއްވުމަށް ދަންނަވަމެވެ.   

ވީމާ، ކާބޯތަކެތި އެކްސްޕޯޓްކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.  

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ