ދިވެހިރާއްޖެ
ދިވެހިރާއްޖެ،
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްP177040
ގްރާންޓް ނަންބަރު : E047-MV
މަސައްކަތުގެ ބާވަތް: ސިސްޓަމްސް ރިކުއަމަންޓް ސްޕެސިފިކޭޝަން ރިވިއުކޮށް ޑިޒައިންކޮށް ތަރައްގީކުރުމަށް ޓެކްނިކަލް އެސިސްޓަންސް ފޯރުކޮށްދޭނެ ކޮންސަލްޓިންގ ފާރމެއް ހޯދުމަށް
ރިފަރެންސް ނަންބަރު: MV-MoECCT-DMADD-361221-CS-QCBS
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންސަލްޓެންސީގައި ހިމެނެނީ ސިވިލް ރެޖިސްޓްރޭޝަން ވައިޓަލް ސްޓެޓިސްޓިކްސް އައިޑެންޓިޓީ މެނޭޖްމަންޓް (ސީ.އާރު.ވީ.އެސް.އައި.ޑީ) ސިސްޓަމެއް ޤާއިމްކުރުމަށްޓަކައި، ބޭނުންވާ ސިސްޓަމް ރިކުއަރމަންޓް ހެދުމާއި؛ މިފަދަ ސިސްޓަމެއް ޤާއިމްކުރުމަށް ބޭނުންވާ ލަފާ ފޯރުކޮށްދިނުމެވެ. މިގޮތުން މިހާރު ހުރި ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، ޤާއިމްކޮށްފައިވާ ސިވިލް ރެޖިސްޓްރޭޝަނާއި ސިވިލް އައިޑެންޓިފިކޭޝަން ސިސްޓަމަކީ ރައްކާތެރި އަދި ހަރުދަނާ މަލްޓި ސްޓޭކްހޯލްޑަރ ޕްލެޓްފޯމަކަށް ބަދަލު ކުރުމަށް ބޭނުންވާ ކަންކަން ބަޔާންކޮށް، ހައި ލެވެލް ސޮފްޓްވެއަރ ރިކުއަރމަންޓްސް ސްޕެސިފިކޭޝަން (އެސް.އާރް.އެސް) ތައްޔާރު ކުރުމާއި، ޒަމާނީ އައު ފިޒިކަލް އައިޑެންޓިޓީ ކްރެޑެންޝަލް ދޫކުރުމަށް ބޭނުންވާ އޮޕްޝަންތަކާއި ރެކޮމެންޑޭޝަންތައް ފޯރުކޮށްދިނުމާއި، އެކަމަށް ބޭނުންވާނެ އާލާތްތަކުގެ ސްޕެސިފިކޭޝަންތައް ތައްޔާރުކުރުމެވެ.
މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮންޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް) ހުށަހަޅަންވާނެއެވެ. މި ޚިދުމަތަށް ޝޯޓްލިސްޓްކުރުމުގެ ޝަރުތުތަކަކީ؛ހ. މަދުވެގެން 5 އަހަރު ގެ ތަޖުރިބާ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އެންޑް އިމްޕްލިމެންޓޭޝަން ނުވަތަ އައިޓީ އިންފްރާސްޓްރަކްޝަރ ޑިވެލޮޕްމަންޓް އެންޑް އިމްޕްލިމެންޓޭޝަން އާއި ހާރޑްވެއަރ އަދި ސޮފްޓްވެއަރ ހިމެނޭގޮތަށް ހުރުން؛ ށ. އައިޑީ މެނޭޖަމަންޓް ސިސްޓަމްތަކާއި ގުޅުންހުރި ޕްރޮޖެކްޓްތައް ނުވަތަ އެސައިމެންޓާ ގުޅުންހުރި ދާއިރާގެ 3 ޕްރޮޖެކްޓް ކާމިޔާބުކަމާއި އެކު ނިންމާފައިވުން.
ޝޯޓްލިސްޓް މަރުހަލާގައި ކީ އެކްސްޕާރޓުން އިވެލުއޭޓް ނުކުރާނެއެވެ. އެހެން ނަމަވެސް، ހުށަހަޅާފައިވާ ކޮންމެ ކީ އެކްސްޕާޓަކަށް ހުށަހަޅޫއްވާފައިވާ މަޤާމު ސާފުކޮށް ބަޔާން ކުރަންވާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތައް "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ފަސްވަނަ އެޑިޝަން، ސެޕްޓެންބަރު 2023" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ސެކްޝަން 3 ޕޮއިންޓް 3.14، 3.16 އަދި 3.17 ވަނަ މާއްދާ ރަގަޅަށް ކިޔުއްވުމަށް ދަންނަވަމެވެ.
މި ކޮންސަލްޓަންސީ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅިދާނެއެވެ. މިގޮތުން އެހެން ފާރމްތަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ސާފުކޮށް ލިޔުމުން އެނގެން އޮންނަންވާނެއެވެ. ޖޮއިންޓް ވެންޗަރގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތައް ހޮވިއްޖެނަމަ، މި މަސައްކަތުގައި ދިމާވާ ކޮންމެ ކަމެއްގައި ހުރިހާ ފާރމްތަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.
މި ކޮންސަލްޓެންސީއަށް ފަރާތެއް ހޮވުމުގައި ބޭނުންކުރާނީ ވޯލްޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައި.ޕީ.އެފް ބޮރޯވާސްގެ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުސޫލެވެ.
މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން www.environment.gov.mv ލިބެންހުންނާނެއެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 އޭޕްރީލް 25 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ފޯނު ނަންބަރު: 3302253