ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

               މި ރަށު ސްލިޕްވޭގެ އުތުރުން އޮތްމަގުގެ ހުޅަނގު ފަރާތުގައިވާ ރުއްތަކުގެ ވެރިން ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)408-ESMS/408/2023/53 (04 އޮކްޓޫބަރު 2023)  އަދި (IUL)408-ESMS/408/2023/58 (21 ޑިސެންބަރު 2023) އަދި (IUL)408-ESMS/408/2024/3 (15 ޖަނަވަރީ 2024) އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައިނުވާތީ، 4 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

               ވީމާ، އެ ސަރަޙައްދުގައި ފެހިކުލައިގެ ދަވާދުން 1 އިން 90 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.

               އަދި ދަންނަވަމެވެ. މި އިޢުލާނާގުޅިގެން އެ ރުއްތަކާބެހޭގޮތުން އެއްވެސްފަރާތަކުން އިޖާބަދީފައި ނުވާނަމަ، ބަންޑާރަ ރުއްތަކެއް ކަމަށްބަލައި އެ ރުއްތަކާމެދު ޢަމަލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މާރިޗު 2024
ހޯދާ