މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މަސައްކަތު

މޯލްޑިވްސް ޕޮލިޓެކްނިކްގެ މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު: މަސައްކަތު  

ބޭނުންވާ އަދަދު: 01

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފްގްރޭޑް 1

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ވަޒީފާއޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޝަން ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ވަޒީފާއަދާކުރާ ރަސްމީ ގަޑި: 15:00- 22:00 އަށް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މޯލްޑިވްސް ޕޮލިޓެކްނިކްގެ،

  • އޮފީސްތެރެ ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްލުން.
  • ފާޚާނާތައް ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން.
  • ކްލާސްރޫމްތައް ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި، މޮޕްލުން. އަދި ޑެސްކްތަކާއި ގޮނޑިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
  • މޭޒު، ގޮޑި ފަދަތަކެތި އެއް ފަންގިފިލާ އިން އަނެއް ފަންގިފިލާއަށް އަރުވައި ބޭލުން. އަދި ސްކޫލްގައި ހިންގޭ އެކިއެކި ހަރަކާތްތަކާ ގުޅިގެން އުފުލަންޖެހޭ ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލައި، ތަރުތީބުކޮށް ބެހެއްޓުން.
  • އޮފީހުގެ ބިއްލޫރީތަކާއި، ކްލާސްރޫމްތަކުގެ ފަންކާތަކާއި ފެންލައިޓާއި، ހޮޅިބުރިތައް ފޮހެ، ސާފުކޮށް ބެލެހެއްޓުން

ޝަރުޠު:           

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ށ. މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރު ޞިއްޙަހަތެއް ލިބިފައި ވުން.

ނ. ގިނަވަގުތުގައި މަސައްކަތްކުރެވެވޭ މީހެއްކަމުގައިވުން.

ރ. ބަރު ތަކެތި އެއްފަންގިފިލާ އިން އަނެއް ފަނަގިފިލާއަށް އަރުވައި ބޭލޭ ފަދަ މީހަކަވުން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 04 އާއި 21 މޭ 2015އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސްޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ.)

ށ. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުން މަސައްކަތުގެ ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތައް

ނ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް/ ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 03 މޭ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

19 އޭޕްރިލް 2015
ހޯދާ