މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން ބާއްވާ އާންމު ބައްދަލުވުމާއި ގުޅޭ

އިއުލާން

މި މިނިސްޓްރީގެ ނަންބަރު 25/2024/471/(IUL)471-DNPS2 (18 މާރޗް 2024) އިޢުލާނުގައި ބަޔާންކޮށްފައިވާ، މާލެ ސަރަޙައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާއިގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ބާއްވާ ބައްދަލުވުން، 27 މާރޗް 2024 ވާ ބުދަ ދުވަހުގެ ރޭ 21:30 އިން 23:30 އަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަން ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ބިން ވެރިޔާ ސްކީމް ގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ ގޮތުން އާއްމުކޮށް އިޢުލާނުކުރީމެވެ.

    _________________

25 މާރިޗު 2024
ހޯދާ