ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ފިތުރު ޢީދު ބަންދާއި ގުޅިގެން ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލުމާއި ގުޅޭ

ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ފިޠުރު ޢީދާއި ގުޅިގެން 31 މާރިޗް 2024 އިން 13 އޭޕްރީލް 2024ގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ، މިއިދާރާއިން  ދެމުން ގެންދާ މުނިސިޕަލް އަދި އެހެނިހެން ޚިދުމަތްތައް މިމުއްދަތުގެ ތެރޭގައި މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި އާންމު ޚިދުމަތާއި އެހެނިހެން މަސައްކަތްތައް ރާއްވަވާފައިވާ ފަރާތްތަކުން މިފަދަ ކަންކަމަށް ބޭނުންވާ ހުއްދަތައް ދުރާލާ ހޯއްދެވުމަށް 28 މާރިޗް 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ނަމަވެސް މަގުކޮނުމާއި މަގުބަންދުކުރުމުގެ ހުއްދަ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި ދޫކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މަތީގައި ދެންނެވިފައިވާ ޚިދުމަތްތަކަށް ހުޅުވިފައި ހުންނާނެ ދުވަސްތަކާއި ގަޑިތައް

·         03 އޭޕްރީލް 2024 (އަންގާރަ)  - 09:15 އިން 13:00 އަށް

·         08 އޭޕްރީލް 2024 (ހޯމަ) - 09:15 އިން 13:00 އަށް

މި ފުރުސަތުގައި، ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ނުހަނު އިޙްލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.

25 މާރިޗު 2024
ހޯދާ