ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
Hiring an AC installation party

 

އެސްޓީއޯ އިން ވިއްކާ އޭސީ ހަރުކޮށްދޭނެ 3  ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯއިން ވިއްކާ އޭސީ، މި ކުންފުނިން ކަނޑައަޅާ އަގެއްގައި ކޮންޓްރެކްޓް އުސޫލުން ގްރެއިޓަރ މާލެ އޭރިއާ އަދި ރަށް ރަށުގައި އިންސްޓޯލް ކޮށްދޭނެ 3 ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، ޝައުގުވެރިކަން ހުރިފަޜާތް ތަކުން ތިރީގައިވާ ގޮތަށް ރަޖިސްޓްރީ ކުރައްޥާށެވެ.

  1. ރަޖިސްޓަރީ ކުރުން: 

 

1.1     ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން 2024 އޭޕްރިލް 01 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

           އީމެއިލް އެޑްރެސް: [email protected]  

1.2    ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

  • ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ
  • ކުންފުނީގެ ހިއްސާދާރުން/ވެރިފަރާތުގެ އައި.ޑީކާޑް ކޮޕީ

 

  1. ބީލަންކަރުދާސް ދޫކުރުން:

 

2.1    ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2024 އޭޕްރިލް 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

  1. ސުވާލާއި ޖަވާބު:

            

3.1    ރަޖިސްޓަރީ ކުރުމަށްފަހި ހުށަހަޅަން ބޭނުންވާ ސުވާލުތައް އީމެއިލް  [email protected] މެދުވެރިކޮށް ފޮނުވުމުން މި ކުންފުނިން ސުވާލުތަކަށް ޖަވާބުދެވޭނެއެވެ.

 

  1. ބީލަން ހުށަހެޅުން:

 

4.1 ބީލަން ހުށަހަޅަންވާނީ 2024 އޭޕްރިލް 11 ވަނަ ދުވަހު 1100ގެ ކުރިން  [email protected] މިއީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:

ފޯނު ނަނޮބަރ:  1422

އީމެއިލް: [email protected]  

25 މާރިޗު 2024
ހޯދާ