މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުން ހިނގަމުންދާ ހެނބަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދުމާބެހޭ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މި އިދާރާގެ ބެލުމުގެ ދަށުން ހިނގަމުންދާ ހެނބަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދުމާބެހޭ!

 

ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:                މަސައްކަތު

މަޤާމުގެ ނަންބަރ:     -      

މަޤާމްގެ ގިންތި:       2 އަހަރު (ކޮންޓްރެކްޓް)

ސެކްޝަން / ޔުނިޓް:   އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓު

ވަޒީފާ އަދާކުރަންޖެހޭ :  ހެނބަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ

މުސާރަ:            4000.00 ރުފިޔާ          

އެލަވަންސް:   ވަޒީފާއަށް ނިންކުންނަ ކޮންމެ ދުވަހަކަށް 30 ރުފިޔާ

           ރިސްކު އެލަވަންސް:   1000.00          

ބޭނުންވާ އަދަދު:

2

މަޤާމުގެ މަސްއޫލިއްޔަތު:

 

 

1.      ނ.ހެނބަދޫ ކައުންސިލުން ހަމަޖައްސަވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހެނބަދޫގެ ގޭބީސީތަކުންނާއި އާންމުތަންތަނާއި މުއައްސަސާތަކުގައި އުފެދޭކުނި ނެގުން.

2.      ކުނިކޮށްޓަށް ކުނި ގެންދިޔުމަށް ގެންގުޅެވޭ ތަކެތި ދޮވެ ސާފުކުރުން

3.      ކުނި ބަލާއަންނަދުވަހު ކުނި ވެމްކޯއަށް ކުނި ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

4.      މަސައްކަތާއި ގުޅޭގޮތުން އިދާރާއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

5.      އަދި މިނޫނަސް މަސައްކަތާއި ގުޅިގެން ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

6.      ކައުންސިލުގެ ހުރިހާ މުވައްޒަފުން ސާމިލްވެގެން ހިންގާ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން

                                                                                                              

 

ޝަރުތު:

1-      ލިޔަން ކިޔަން ދަންނަ މީހެއްކަމުގައިވުން

2-      ސިއްޙަތު ސަލާމަތުންހުރި މީހަކަށްވުން

ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް:

·         ލިބިފައިވާ ތަޢުލީމާއި ތަމްރީ 10ން .

·         އިންޓަވިއު %75

·         އެހެނިހެން ތަޖުރިބާ 15  .

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން18 އޭޕްރިލް 2024ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް މި ވަޒީފާއަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް  މިއިދާރާގެ ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. 

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 21 އޭޕްރީލް 2024 އާއި 30 އޭޕްރިލް 2024 އާ ދެމެދު  ހެނބަދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެން ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

35 އިންސައްތަ

ހުށަހަޅަންޖެހޭ ލިޔުންތައް: 

1.      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

3.      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ / ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

އިތުރު މަޢުލޫމާތު: އިތުރުމަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6560018 ނަންބަރު ފޯނާއެވެ.

 

 

 

 

25 މާރިޗު 2024
ހޯދާ