ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރިކް މަސައްކަތްތައް އައުޓްސޯސް ކުރުން.

  1. މީލާދީ 2 އަހަރު ދުވަހުގެ މުއްދަތައް ކޮނޑޭގެ ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ތަންތަނުގެ އިލެކްޓްރިކާއި ބެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ 24 މާރިޗު 2024 އިން 16 އެޕްރީލް 2024 ގެ ނިޔަލަށް i[email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  17 އެޕްރީލް 2024 ވަނަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 17 އެޕްރީލް 2024 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  21 އެޕްރީލް 2024 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6821045/9662499
  • އީމެއިލް: [email protected]
24 މާރިޗު 2024
ހޯދާ