ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ބިންކުއްޔަށް ދޫކުރުން

ދ. ކުޑަހުވަދޫގައި ތެލުގެ ވިޔަފާރިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް، އެކަމަށްބޭނުންވާ ބިމެއް  35 (ތިރީސްފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ދ. ކުޑަހުވަދޫ ލޭންޑު ޔޫސް ޕްލޭންގައި ހަކަތައިގެ ވިޔަފާރިއަށް ކަނޑައަޅާފައިވާ B179 ނަމްބަރު ކޮށީގެ ޖުމުލަ 5600 އަކަފޫޓުގައި ތެލުގެ ވިޔަފާރި ތަރައްޤީކޮށް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވަން އެދޭ ފަރާތްތަކުން 28 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ސުވާލުތަކަށް ޖަވާބުދިނުން ހިނގާނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. ސުވާލުތައް ފޮނުވާނެ އެޑްރެސް އިތުރު މައުލޫމާތުގެ ބައިގައިވާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާ އަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 15 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ 13:00 އެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި ތާރީޚް އަދި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަން ވާނެއެވެ.

ޕްރޮޕޯޒަލްގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް:

  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ވަނަވަރު ،
  • ބިމުގައި ވިޔަފާރި ތަރައްގީކޮށް، ހިންގައި ބަލަހައްޓާނެގޮތުގެ ޕްލޭން  (އެކިބާވަތުގެ ތެޔޮ ރައްކާކުރެވޭނޭ މިންވަރު އެނގޭގޮތަށް)،
  • އިންވެސްޓްމަންޓްގެ އަގު ،
  • ކުންފުނި/ވިޔަފާރީގެ އިންސާނީ ވަޞީލަތް ހަމަޖެހިފައިވާގޮތުގެ ޕްލޭން،
  • ކައުންސިލަށް ލިބިދެވޭ މަންފާ ( ބިމު ކުއްޔާއި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ނަފާވާނެ ކަންކަމާއި އަދި ސީއެސްއާރުގެ ގޮތުގައި ރަށުގެ އުމްރާނީ ނުވަތަ އިޖުތިމާއި ގޮތުން ކޮށްދޭން ހުށަހަޅާ ކަންކަން ވަކިވަކިން ބަޔާންކުރުން)،
  • ޕްރޮޖެކްޓުގެ މާލީ ގާބިލުކަން ކަށަވަރުކުރުމަށް މާލީ އިދާރާއަކުން ދީފައިވާ އިތުބާރު ހުރި ފަރާތެއްކަން އަންގައިދޭ ސިޓީ،
  • ތަޖުރިބާގެ ސާބިތުކުރުމަށްޓައި ދާއިރާއާއި ގުޅުންހުރި މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުން،

ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށް ބޭނުންކުރާނެ މިންގަނޑުތައް

މާކްސް ދެވޭ ބައިތައް

ވެއިޓޭޖް

ބިމުކުލީގެ ގޮތުގައި ކައުންސިލަށް ދިނުމަށް ހުށަހަޅާ އަގު

35

ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ނަފާވާ ކަންތައްތަކަށް ހުށަހަޅާ ހުށަހެޅުން

25

ސީއެސްއާރު ގެ ގޮތުގައި ރަށުގެ އުމްރާނީ ނުވަތަ އިޖުތިމާއި ގޮތުން ކޮށްދޭން ހުށަހަޅާ ހުށަހެޅުން

20

މާލީ ތަނަވަސްކަމަށް

10

ތަޖުރިބާއަށް

10

 

އިތުރުމަޢުލޫމާތު

1-      ޕްރޮޕޯސަލް ކާމިޔާބުވާ ފަރާތުން، ލެޓަރ އޮފް އެވޯޑް ލިބޭތާ 30 ދުވަސްތެރޭ ވިޔަފާރި ރަޖިސްޓަރީކޮށް  ކައުންސިލާއި އެކު އެއްބަސްވުން ވުމަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަކެއް ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

2-      ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައެއް ނުގަނެވޭނެއެވެ.

3-      ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލް އެވެ.

4-      ޕްރޮޕޯސަލް ހުށައަޅާނީ ދިވެހި ބަހުންނެވެ.

5-      ޕްރޮޕޯސަލްތައް އިވެލުވޭޓް ކުރާނީ ކައުންސިލުން ކަޑައަޅާ 3 މެމްބަރުންގެ ކޮމެޓީއަކުންނެވެ.

6-      ކޮމެޓީއިން އެންމެ ރަގަޅު ކަމަށް ކަޑައަޅާ ޕްރޮޕޯސަލްތައް، ކައުންސިލްގެ ޖަލްސާއަށް ގެންގޮސް އެންމެ ރަގަޅު ޕްރޮޕޯސަލް ކަޑައަޅާނީ ކައުންސިލްގެ ޖަލްސާއިން

7-      ޕޮރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅުމަށް ހިންގާ ޚަރަދަކަށް މި ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

8-      ލެޓަރ އޮފް އެވޯޑް ދޫކުރުމުގެ ކުރިން، ކޮންމެ ހިނދެއްގައިވެސް، މި މުޅި ޕްރޮސެސް އެކީ ނުވަތަ ބައެއް ބާތިލުކުރުމަކީ ނުވަތަ ބަދަލުކުރުމަކީ ކައުންސިލަށް ލިބިގެންވާ ހައްގެކެވެ. މިފަދަ ކަމަކުން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އަދާކުރަންޖެހޭ އެއްވެސް ދަރަންޏެއް ނުވާގޮތަށް ނުވަތަ އަސަރު ކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ކައުންސިލްގެ ނިންމުން އޭގެ މައްޗަށް ބިނާވެފައިވާ ސަބަބުތައް ބުނެދިނުމުގެ އިލްތިޒާމެއް ނޯންނާނެހެން، ކައުންސިލަށް ލިބިގެންވާ ހައްގެކެވެ.

9-      މި ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތާ ގުޅިގެން މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

10-  ޕްރޮޕޯސަލްގައި ރާވާފައިވާ ކަންކަމާގުޅިގެން ދައުލަތުގެ އިދާރާތަކުން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމާއި ދައްކަންޖެހޭ ފީތައް ދެއްކުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

11-  ބިމުގައި ކުރާ ބިނާތައް ހުންނަންވާނީ، އެމް.އެން.ޑީ.އެފް ގެ މިންގަނޑުތަކާއި އެއްގޮތަށެވެ. އަދި ހިދުމަތް ދިނުމުގެ ހުއްދަ ދެވޭނީ، އެމް.އެން.ޑީ.އެފް ގެ ހުއްދައާއެކު ހުށަހެޅުމުންނެވެ.

12-  ބިމުގެ ކުލިފެށޭނެ އެންމެ ކުޑަ އަދަދަކީ މަހަކު އަކަފޫޓަކަށް 10/1ރ (އެއްރުފިޔާ ދިހަލާރި) އެވެ.

13-  މިހާރުގެ ކުޑަހުވަދޫގައި މިބާވަތުގެ މަސައްކަތެއް ކުރުމަށް ބިންދޫކުރެވިފައިވާ ފަރާތަކަށް، މި އިޢުލާނާއި ގުޅިގެން ޕްރޮޕޮސަލް ހުށައެއް ނޭޅޭނެއެވެ. މިއީ ވިޔަފާރީގެ ވާދަވަރިކަމަށްޓައި އަދި ރައްޔިތުނަށް އޭގެ ލުއިފަސޭހަކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ހިމަނާފައިވާ މާއްދާއެވެ.

14-  މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް
  • ދ. ކުޑަހުވަދޫ ކައުންސިލް އިދާރާ
  • ފޯން:  6760522
  • އީމެއިލް : [email protected]

 

މި އިޢުލާނާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ބިން އެނގޭނޭ ކުރެހުން އެއްކަރުދާސްކޮށް، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 މާރިޗު 2024
ހޯދާ