ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔަށް ދޫކުރުން

  މިރަށު ދެކުނު ފަރާތު އަތިރިމަތީގައި ހުރި ރައްޔިތުންގެ 25 ރުއް، ސިޓީލާ ނީލަމުގައި 2 (ދޭއް) އަހަރު ދުވަހަށް ވަރުވާއަށް ލިޔެދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެރުއްތަކުގެ 1 (އެކެއް) އަހަރު ދުވަހުގެ ވަރުވާ ފެށޭ އަގަކީ 3,600.00 (ތިންހާސް ހަސަތޭކަ ރުފިޔާ) އެވެ. ހުށަހަޅާފައިވާ އަގަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 100.00 (އެއްސަތޭކަ ރުފިޔާ) އެވެ. ބަންދު ދުވަސްތައް ނުހިމަނާ ޖެހިޖެހިގެން 2 ދުވަހު 13:00 އަށް އެއްއަގެއް އޮވެއްޖެނަމަ، އެ އަގު ހުށައެޅުއްވި ފަރާތަކަށް ރުއްތައް ވަރުވާއަށް ލިޔެދެވޭނެއެވެ. އެވަގުތަކު ހުށައެޅިފައިވާ އަގު މި އިދާރާގެ ގޯތީގެ ހުޅަނގު އިންފާރުގައި ހުންނަ ނޯޓިސްބޯޑްގައި ބަހައްޓާފައި ހުންނާނެއެވެ. 

  އަދި ދަންނަވަމެވެ. ރުއްތަކުގެ ވަރުވާ ކާމިޔާބު ކުރާފަރާތަކުން ރުއްތަކާއި ޙަވާލުނުވެ ދޫކޮށްލަން ބޭނުންވި ނަމަވެސް އެފަރާތަކުން ވަރުވާ ކާމިޔާބުކުރާ އަގުގެ 1 (އެކެއް) މަސްދުވަހަށް ޖެހޭފައިސާ މިއިދާރާއަށް ދައްކަންޖެހޭނެ އެވެ. ރުއްތަކުގެ 1 އަހަރުގެ ވަރުވާ އަށްވާ ފައިސާ ދައްކަން ޖެހޭނީ އެއް ފަހަރާއެވެ.     

  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 މާރިޗު 2024
ހޯދާ