ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު އިމާމު/ މުދިމުންގެ ދަފުތަރު އެކުލަވާލުމާ ގުޅޭ

 މިސްކިތްތަކުގެ އިމާމުންނާއި މުދިމުން ޗުއްޓީގައާއި ސަލާމުގައި ތިބޭ ދުވަސްވަރު ވަގުތީ ގޮތުން މިސްކިތްތައް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދައި ދަފުތަރުކޮށްފައި ބޭއްވުމަށް ބޭނުންވެއެވެ. މިދަފުތަރަކީ 21 އެޕްރީލް 2024 ން ފެށިގެން 31 ޖަނަވަރީ 2025 ނިޔަލަށް އެކުލަވާލެވޭ ދަފުތަރެކެވެ.

     

މަޤާމު:

އިމާމު/ މުދިމު

މުސާރަ:

1-      އިމާމު ކަމުގެ ޝަރުތު ފުރިހަމަ ވާނަމަ – 61.00 ކޮންމެ ނަމާދު ވަގުތަކަށް

2-      މުދިމް ( ޝަރުތު ހަމަވާ – ޤުރުއާން ރީއްޗަށް ކިޔަވަން އެގުން،ބަންގިގޮވުމާއި ނަމާދުކުރަން އެގޭ ފަރާތަކަށްވުން ) – 53.00 ކޮންމެ ނަމާދު ވަގުތަކަށް

މަސައްކަތް ކުރަންޖެހޭ ތަން:

ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ މިސްކިތްތައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ރަށު ކައުންސިލް އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟް ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމާއި ފަރުޟް ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުމާއި، ކޮންމެ ނަމާދު ވަގުތަކަށް 1 ގަޑިއިރު ހޭދަކުރުމާއެކު، ދުވާލަކު 5 ގަޑިއިރު ޖުމްލަ ހަފްތާއަކު 35 ގަޑިއިރު މަސައްކަތް ކުރުން
  2. މިސްކިތު އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުންގެ ޙާޟިރީގައި ކޮންމެ ދުވަހަކު ކޮންމެ ނަމާދު ވަގުތެއްގައި ޙާޟިރުވި ގަޑިއާއި ނިމުނު ގަޑިޖަހައި ސޮއިކުރުމާއި، އަދި މީގެ އިތުރުން ރަސްމީ ދުވަސްތަކުގައި 11.00 ގެ ކުރިން ކައުންސިލް އިދާރާގައި ސޮއިކުރުން
  3. މިސްކިތްތަކަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކަންތައްތައް ކައުންސިލް އިދާރާއަށް އަންގައި ރަގަނޅު ކުރެވޭތޯ ބެލުމާއި، ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް ދިމާވާ މައްސަލަތައް ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލު ކުރުމަށް މަސައްކަތް ކުރުން
  4. މިސްކިތު މަސައްކަތު މީހުންގެ ޙާޟިރީއާއި، މަސައްކަތު މީހުން ކުރަންޖެހޭ މަސައްކަތްތައް ޤަވާޢިދުން ކުރޭތޯބަލައި ސްޕަވައިޒްކޮށް ޒިންމާދާރު ވެރިޔާއަށް ރިޕޯޓް ކުރުން
  5. މިސްކިތު މަސައްކަތު މީހާ ޙާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު ނުވަތަ މުދިމު މިސްކިތުތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެންދަމުން މިސްކިތުގެ ބޮކިތަކާއި ހޮޅިބުރިތަކާއި ފަންކާތައް ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން
  6. މިސްކިތު އިމާމުންނާއި މުދިމުން ކައުންސިލް އިދާރާގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށް ދިޔުމަށް ޢުޒުރުވެރިވެއްޖެނަމަ އެދުވަހު ބާކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތާއި ޙަވާލުވެހުރި އިމާމު ނުވަތަ މުދިމުގެ ޒިންމާއެކެވެ. މިގޮތުން ޙަވާލު ކުރައްވާ އިމާމަކީ ތަޖްވީދު މަގުން ޤުރުއާން ކިޔަވަން އެގޭ މީހަކަށްވުމާއި ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކު ކަމުގައިވާންވާނެއެވެ. (އަދިމިކަން ކައުންސިލް އިދާރާއަށް އަންގަންވާނެއެވެ.)
  7. މިސްކިތުގައި ދީނީ ދަރުސުތައް ދިނުންފަދަ ޕުރޮގުރާމުތައް ހިންގާނަމަ، އެފަދަ ޕްރޮގުރާމު ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން
  8. މިސްކިތު އިމާމުންނާއި މުދިމުން ފަރުޟް 5 ވަގުތުގެ ތެރެއިން އެއްވެސް ވަގުތެއްގައި ބަންގި ގޮވުމަށާއި، ނަމާދަށް ޙާޟިރު ނުވެއްޖެނަމަ، މުސާރައާއި ސަރވިސް އެލަވަންސުން 1 ގަޑިއިރަށްޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު، އެޢަދަދަށް ގަޑީލާރި އުނިކުރެވޭނެއެވެ. އަދި ޗުއްޓީ ނުނަގައި ދުވާލަކު 3 ނަމާދުގެ ވަގުތަށް ޙާޟިރު ނުވާނަމަ އެދުވަސް ނާންނަ ދުވަހެއްގެ ގޮތުގައި ބެލޭނެއެވެ.
  9. މިސްކިތްތަކާއިބެހޭ ގޮތުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މިސްކިތްތަކުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ)

1-      މުދިމު ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ

2-      ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ

3-      ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން

ޝަރުޠު ފުރިހަމަ ނުވާ މީހެއްނަމަ

1-      އިމާމުވެ ނަމާދު ކުރަން އެނގޭ މީހަކަށްވުން

2-      އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖްވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން

 

ސުންގަޑި:

18 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00

ހުށަހަޅަންޖެހޭ ލިއުންތައް:

1-      މިކަމަށް އެދި ހުށަހަޅާ ސިޓީ

2-      އެދޭ ފަރާތުގެ އައިޑީ ކާޑްގެ ދެފުށުގެ ފޮޓޯ ކޮޕީ

3-      ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ

4-      ލިބިފައިވާ ތަޖްރިބާގެ ލިއުންތަކުގެ ކޮޕީ

     

                     14  ރަމަޟާން 1445

24 މާރިޗު 2024
ހޯދާ