ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ގޭބިސީތަކަށް ހަދިޔާގެ ގޮތުގައި ފޮނުވާފައިވާ ހަނޑުލާއި ފުށް ޙަވާލުކުރުން

1445 ވަނަ އަހަރު ރަމަޟާންމަހު ސަރުކާރުން ކުޅުދުއްފުށި ސިޓީގެ ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ 10 ކިލޯ ހަނޑޫ، އަދި 10 ކިލޯ ފުށް 27 މާރިޗް 2024 ދުވަހުގެ ނިޔަލަށް؛

- ހެނދުނު 9:30 ން 11:00 އަށް، އަދި ރޭގަނޑު 21:00 ން 22:30 ފިޔަވާލި އިމާރާތުގައި (ދަގަނޑުގެ، ކަނބުރުގެ ކުރިމަތި) ކުރިއަށްދާނެއެވެ.

- މިރެއިން (24 މާރިޗު 2024) ފެށިގެން، ރަސްމީކޮށް ރަޖިސްޓަރވެފައިވާ ގޭބިސީތަކުގެ އިތުރުން ކުއްޔަށް ދިރިއުޅޭ ގޭބިސީތައް ހިމެނޭ ގޮތަށް ކާޑު ދޫކުރުން ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.

    ކާޑު ބޭނުންވާ ގޭބިސީތަކުން 27 މާރިޗު 2024  ގެ ނިޔަލަށް ކާޑު ގެންދެވުން އެދެމެވެ. މި މުއްދަތުގައި  ހަވާލުނުވާ ކާޑު، ކުޅުދުއްފުށީގައި ދިރިއުޅޭ ފަގީރުންނަށް ބެހިގެންދާނެވާހަކަ ދަންނަވަމެވެ.

    ހަނޑޫ އަދި ފުށް ބަންދުކޮށްފައި ހުރީ 10 ކިލޯގެ ބަސްތާއިން ކަމަށްވާތީ، ތަކެއްޗާއި ޙަވާލުވުމަށް ވަޑައިގަންނަވަންވާނީ ތަކެތި އުފުލޭވަރުގެ ފަރާތެއްކަމުގައި ދަންނަވަމެވެ. އަދި ތަކެއްޗާއި ޙަވާލުވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނެވުން އެދެމެވެ.

ތަކެތި ދޫކުރަން ހަމަޖެހިފައިވާ ތަން: ފިޔަވާލި އިމާރާތް (ދަގަނޑުގެ) ބަންޑާރަމަގު ކަނބުރުގެ ކުރިމަތި

24 މާރިޗު 2024
ހޯދާ