މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް - ކޮންޓްރެކްޓް

އިޢުލާން 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

110

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 3 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ފްލެޓްސް އެންޑް އެސެޓްސް މެނޭޖްމަންޓް ޔުނިޓް/ މިސްކިތްތަކާބެހޭބައި

މުސާރަ:

5000.00 ރުފިޔާ.

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ.

އެހެނިހެން އެލަވަންސް:

  • އިތުރުގަޑި: މަހަކު 3500.00 ރުފިޔާ.
  • އެޓެންޑެންސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/75 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލޭ ސަރަޙައްދުގެ މިސްކިތްތަކުގެ ކާޕެޓް ވެކިއުމްކޮށް ސާފުކުރުމާއި މުށި އަދި މާބްލްޖަހާފައިވާ ސަރަޙައްދުތަކާއި ހުރިހާ ސިޑިތަކާއި ނޮވިލޮން އަޅާފައިވާ ތަންތަން ކުނިކަހައި، މޮޕްލައި ސާފުކުރުމުގެ މަސައްކަތްތަކާއި މިސްކިތްތަކުގެ ދިއްލުންތަކާއި ފަންކާތަކާއި އެއަރ ކޮންޑިޝަންތަކާއި އެއަރ ކާޓަންތައް ޖައްސައި ނިއްވުމާއި ފުހެ ސާފުކުރަންޖެހޭ ތަންތަނާއި ތަކެތި ފުހެ ސާފުކުރުމާއި ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާތައް ދޮވެ ސާފުކުރުމުގެ މަސައްކަތްތަކާއި މިސްކިތުގައި އުފެދޭ ކުނިތައް އުކާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.       
  2. މިސްކިތްތަކުގެ ގޯތިތެރޭގެ ހުރިހާ ތަނެއް ކުނިކަހައި ސާފުކުރުމާއި މިސްކިތު ވަޅުތަކުގެ ތަޅުންގަނޑާއި ވަޅުގެ ބޭރު އަދި މިނޫންވެސް ވަޅާގުޅޭ ސަރަޙައްދުގެ،  ސާފުކުރަންޖެހޭ ހުރިހާ ތަނެއް ސާފުކުރުމާއި ވަޅުދިޔަ ހިއްކުމާއި ވެލި ވަޅުގަނޑުތަކާއި ވުޟޫކުރާ ފެންއެޅޭ ކާނު ސާފުކުރުމާއި ޢިމާރާތްތަކުގެ އެތެރެއާއި ބޭރުގައި ޖަހާފައި ހުންނަ މުއްޓާއި މާބްލްތައް ބުރުސް އަޅައި ސާފުކުރުމާއި ޢިމާރާތްތަކުގެ ބޭރު ފާރުތަކާއި ޓެރަސް އަދި ބެލްކަނި ފަދަ ތަންތަން ދޮވެ ސާފުކުރުމާއި ކާޕެޓް ދޮވެ ހިއްކުމުގެ މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  3. މިސްކިތުން ބޭރުގައި ނަމާދު ކުރުމަށް އަޅާ ކުނާ، ނަމާދުކޮށް ނިމުމުން ނަގައި ރައްކާތެރިކަމާއެކު ބެހެއްޓުމާއި ހުކުރު ނަމާދު، ޢީދު ނަމާދު، ކަށުނަމާދު ފަދަ ނަމާދުތައް ކުރުމަށް މިސްކިތުން ބޭރުގައި ކުނާ އަޅަންޖެހޭ ޙާލަތްތަކުގައި ކުނާ އެޅުމާއި ނަމާދަށްފަހު ކުނާތައް ނަގައި ރައްކާތެރިކަމާއެކު ބެހެއްޓުމާއި ނަމާދުކުރުމަށް އަޅާ ކުނާ ތެމިއްޖެނަމަ އަވީލާ ހިއްކުމާއި ޑަސްބިންތަކުގައި ހުންނަ ކުނި ނަގައި، ޑަސްބިނާއި ޑަސްބިން ހުންނަ ތަންތަން ސާފުކުރުމާއި ވާރޭވެހިގެން ނުވަތަ އެހެން ގޮތަކުންވިއަސް، މިސްކިތުގެ ޢިމާރާތްތަކާއި މިސްކިތު ގޯތިތެރޭ މުށި ޖަހާފައިވާ ސަރަޙައްދުތަކުގައި އަދި ސިޑިތަކުގެ މަތީގައި، ޖަމާވާ ފެން، ފެން ކެހުމަށް ބޭނުންކުރާ ސާމާނު ބޭނުންކޮށްގެން އަވަސް އަވަހަށް ކަހައި ނުވަތަ މޮޕްލައި ހިއްކުމާއި މިސްކިތުގެ ފަންކާތަކާއި ސީލިންގ ފަދަ ތަންތަން ފުހެ ސާފުކުރުމާއި މިސްކިތާއި މިސްކިތުގައި ހުންނަ ތަކެތީގެ މަކުނުވާ ފޮޅައި ސާފުކުރުމާއި، ސިޑިތަކުގެ ރެއިލިންގތަކާއި ހޮޅިތަކާއި ޗާނދަލިޔާތަކާއި ލައިޓްތަކާއި އިލެކްޓްރިކް ފިޓިންގްސް ފުހެ ސާފުކުރުމާއި މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޢިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި ސާފުކުރުމާއި ނަމާދު ކުރުމަށް ބޭނުންކުރާ ކުނާތަކާއި ފައިފުހި ރަގު ފަދަ ތަކެތި ސާފުކުރުމާއި އަވީލުމާއި ތެމިއްޖެނަމަ އަވީލައި ހިއްކުމާއި މިސްކިތު ގޯތިތެރެއާއި، ބިންމަތީގައި މުށިޖަހާފައިވާ ތަންތަނާއި ގާއަތުރާ ނުވަތަ ތަޅުންއަޅާފައިވާ ސަރަޙައްދުތައް ދޮވެ ސާފުކުރުމުގެ މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  4. ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދު ފަދަ ނަމާދުތަކަށް މިސްކިތް ތައްޔާރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  5. މި އިދާރާއިން ބަލަހައްޓާ ޤަބުރުސްތާނުތަކުގައި ފަޅާ ކުދި ގަސްތައް އުފުރުމާއި ވިނަ ނޮޅާ ސާފުކުރުމާއި ޤަބުރުސްތާނުތަކުގައި ހުންނަ، ކޮށަންޖެހޭ ބޮޑެތި ގަސްތައް ކޮށުމާއި ޤަބުރުސްތާނުތައް ކުނިކަހައި ސާފުކުރުމާއި ޤަބުރުސްތާނުތަކުގައި އުފެދޭ ކުނިތައް އުކާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  6. މިސްކިތުގެ ގޯތިތެރެއާއި ޤަބުރުސްތާނުގައި ހުންނަ ގަސްތައް، އެތަންތަނުގައި ހުންނަ ޢިމާރާތްތަކަށާއި ތަންތަނަށް އަދި އިންވެގެން ހުންނަ ގޭގޭގެ ޢިމާރާތްތަކާއި ތަންތަނަށް ގެއްލުން ނުވާނޭހެން ކޮށައި ބެލެހެއްޓުމާއި ގަހުގެ ހިކޭ ގޮފިތަކާއި ގަހުގެބައިތައް ކަނޑައި ބެލެހެއްޓުމާއި ގަސްތަކުގެ މޫތަކުން، ޢިމާރާތްތަކަށް ގެއްލުން ނުވާނެހެން ކަނޑައި ބެލެހެއްޓުން އަދި މިސްކިތުގެ ގޯތިތެރޭގައާއި ޤަބުރުސްތާނުގައި ހުންނަ ރުކުގައި އަޅާ އެއްޗެހިންނާއި ރުކުގެ ފަންތަކުގެ ސަބަބުން، މީހުންނަށާއި ތަންތަނަށާއި ތަކެއްޗަށް ގެއްލުން ނުވާނެހެން، ރުއްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް މި އިދާރާއިން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  7. މިސްކިތުގެ ގޯތިތެރޭގައި އިންދަންޖެހޭ ބަގީޗާ ގަސްތައް އިންދާ، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ މަސައްކަތްތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  8. ޤުދުރަތީގޮތުން ކުރިމަތިވާ ޙާދިޘާތަކާއި ގުޅިގެން ދިމާވާ ކަންތައްތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި މީހަކަށް ނުވަތަ ކުޑަކުއްޖަކަށްވިޔަސް މިސްކިތުގެ ތެރެއަށް ނުވަތަ މިސްކިތުގެ ގޯތިތެރެއަށް ބޮޑުކަމު ނުވަތަ ކުޑަކަމުދެވި ނުވަތަ ހޮޑުލެވި އަދި މިނޫންވެސް މިސްކިތާއި މިސްކިތުގެ ގޯތިތެރެ ހަޑިވާފަދަކަމެއް ދިމާވެއްޖެނަމަ އެތަނެއް ވަގުތުން ރަނގަޅަށް ސާފުކޮށް ނުބައިވަސް ނުދުވާނެހެން ހެދުން އަދި ޖަނަވާރެއް ފަރާތުން މިފަދަ ކަމެއް ދިމާވިއަސް އެތަނެއް ވަގުތުން ރަގަޅަށް ސާފުކޮށް ނުބައިވަސް ނުދުވާނެހެން ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން އަދި މިސްކިތްތައް ސާފުތާހިރުކޮށް ބޭއްވުމުގެ މަގުޞަދު ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކުރުން.
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  10. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ރަނގަޅު ޞިއްޙަތެއްގައި ތިބި ފަރާތްތައް.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރިޗް 2024 ގެ 13:00 ގެ ކުރިން، މި އިދާރާގެ ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                                   11 ރަމަޟާން 1445
21 މާރިޗު 2024
ހޯދާ