މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓެކްނީޝަން - ކޮންޓްރެކްޓް

އިޢުލާނު

މަޤާމު:

ޓެކްނީޝަން

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 3 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ފްލެޓްސް އެންޑް އެސެޓްސް މެނޭޖްމަންޓް ޔުނިޓް

މުސާރަ:

 8000.00ރުފިޔާ.

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ.

އެހެނިހެން އެލަވަންސް:

  • އިތުރުގަޑި: މަހަކު 2250.00 ރުފިޔާ.
  • އެޓެންޑެންސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/75 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިއިދާރާއިން ބަލަހައްޓާ އިމާރާތްތަކުގައި ބަހައްޓާފައިވާ ސައުންޑް ސިސްޓަމްތައް، މާރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތަޢް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން.
  2. ސައުންޑު ސިސްޓަމްތައް، އަބަދުވެސް ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމުގެ ގޮތުން، ކުރަންޖެހޭ ކަންތައްތައް ކުރިޔާލައި ދެނެގަތުމަށްޓަކައި، މަދުވެގެން މަހަކު އެއްފަހަރު، ސައުންޑް ސިސްޓަމްތައް ޗެކުކޮށް އެ ސިސްޓަމް ތަކުގެ ހާލަތު ދެނެގަތުން.
  3. ސައުންޑް ސިސްޓަމަކަށް މައްސަލައެއް ދިމާވެދާނެކަމަށް ފެންނަ ކަންތައްތަކުގެ ތެރެއިން ކުރިޔާލައި ރަނގަޅުކުރެވެން ހުންނަ ކަންތައްތައް ރަނގަޅު ކުރުމާއެކު، އަބަދުވެސް ބޭނުން ކުރެވޭނެ ރަނގަޅު ހާލަތުގައި  އެ ސިސްޓަމްތައް ބެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 
  4. ސައުންޑް ސިސްޓަމްގައި ހިމެނޭ ލޯޑު ނުވަތަ ތާޅަފިލި، ސްޓޭންޓް މައިކާއި ކޯޑްލެސް މައިކް އަދި އެމްޕް، މިކްސްޗަރ، ސްޕީކާރ، ސިސްޓަމާއި ގުޅޭ ކޭބަލް އަދި މިނޫންވެސް ސައުންޑް ސިސްޓަމްގައި ހިމެނޭ އެއްވެސް އެއްޗަކަށް، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެދިމާވި މައްސަލައެއް ވަގުތުން ވަގުތަށް ބަލައި، އެކަމެއް ރަނގަޅުކޮށް މައްސަލަ ޙައްލުކުރުން. 
  5. ސައުންޑް ސިސްޓަމްގައި ހިމެނޭ ލޯޑް ނުވަތަ ތާޅަފިލި، ސްޓޭންޓް މައިކާއި ކޯޑްލެސްމައިކް އަދި އެމްޕް، މިކްސްޗަރ، ސްޕީކަރ، ސިސްޓަމާއި ގުޅޭ ކޭބަލް އަދި މިނޫންވެސް ސިސްޓަމްގައި ހިމެނޭ އެއްވެސް އެއްޗެއް، މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ، އެކަމެއް ރަނގަޅުކުރުމަށް ބޭނުންވާ ތަކެތި ދެނަގަނެ، އެތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
  6. ސައުންޑް ސިސްޓަމްގައި ހިމެނޭ އެއްޗެއް ހަލާކުވެގެން، އޭގެތެރެއިން އެއްވެސް އެއްޗެއް މިސްކިތުން ނުވަތަ އެ އެއްޗެއް ހުރި ތަނަކުން ނައްޓައި، ނަގައި، އަލުން އަޅުވައި، ބަހައްޓާ ހަދަންޖެހިއްޖެނަމަ އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަމެށް ކުރުން އަދި ކޭބަލް ނުވަތަ ނަރު ބަދަލުކުރަންޖެހޭ ޙާލަތްތަކުގައި ކޭބަލް ނުވަތަ ނަރު އަލުން އެޅުން އަދި ލޯޑް ނުވަތަ ތާޅަފިލި މިސްކިތުގެ ނުވަތަ މުންނާރުގެ އެކި ތަންތަނަށް ބަދަލުކުރަންޖެހޭ ޙާލަތުގައި އެތަކެތި ބަދަލުކުރަންޖެހޭ ތަންތަނަށް ބަދަލުކުރުމާއި އިތުރަށް ތާޅަފިލި ބަހައްޓަންޖެހޭ ޙާލަތްތަކުގައި އެކަންކަން ކުރުން އަދި ސައުންޑުގެ އެއްވެސް އެއްޗަކަށް މައްސަލައެއް ދިމާވެގެން ވަގުތީ ހައްލެއް ގެންނަންޖެހޭ ޙާލަތްތަކުގައި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
  7. ސައުންޑު ސިސްޓަމް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތާއި އިރުޝާދު ސުޕަވައިޒަރުގެ ލަފާގެ މަތިން މިސްކިތްތަކުގެ އިމާމުންނަށް ދިނުން.
  8. މިސްކިތްތަކުގައި ސައުންޑް ސިސްޓަމްތައް ހުންނަ ސައުންޑް ރޫމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން އެގޮތުން ގެނެވޭ ބަދަލުތަކާއި ގުޅިގެން ސައުންޑް ސިސްޓަމްގެ ނިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ގެނައުން. 
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒިކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން. 
  10. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 

މަޤާމުގެ ޝަރުޠުތައް:

  1. ސައުންޑް ސިސްޓަމަށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް، މައްސަލަ ހައްލުކުރަން އެނގޭ މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރިޗް 2024 ގެ 13:00 ގެ ކުރިން، މި އިދާރާގެ ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                                 11 ރަމަޟާން 1445

21 މާރިޗު 2024
ހޯދާ