މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
MIF Research Fellowship 2025

 

MIF Research Fellowship 2025

Matsumae International Foundation, Japan

 

ޖަޕާންގެ މެޓްސުމައޭ އިންޓަރނޭޝަނަލް ފައުންޑޭޝަން (MIF) ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ "އެމް.އައި.އެފް ރިސާރޗް ފެލޯޝިޕް 2025" ގެ ދަށުން ނެޗުރަލް ސައިންސް، އިންޖިނިއަރިންގ އަދި މެޑިސިންގެ ދާއިރާތަކުން ރިސާރޗްކުރުމަށް ފުރުޞަތު ހުޅުވާލާފައިވާކަމަށް އެފަރާތުން ވަނީ އަންގާފައެވެ. މި ފެލޯޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތަކީ 1 އޭޕްރިލް 2024 އިން 30 ޖޫން 2024 ގެ ނިޔަލަށެވެ.

ވީމާ، މި ފެލޯޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2024 ގެ ކުރިން އެފަރާތުގެ އެޕްލިކޭޝަން އީ.މެއިލް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. މި ސްކޮލަރޝިޕާއި ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މި އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މިމަޢުލޫމާތު https://www.mif-japan.org/en/fellowship/announcement/ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

.........................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން          ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

21 މާރިޗު 2024
ހޯދާ