ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

(IUL)147-AIT/1/2024/10: ނަންބަރު

ތާރީޚް: 21 މާރިޗު 2024

މަޤާމް:

ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން  

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޖުވެނައިލް ކޯޓު، މާލެ

މުސާރަ:

-/7,035 ރުފިޔާ

އެހެނިހެން އެލަވަންސް:

މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40
  • ސަރވިސް އެލަވަންސްގެ ގޮތުގައި -/2000 ރުފިޔާ
  • ލިވިންގ އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ.
  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މި ކޯޓުގައި ބެހެއްޓިފައިވާ ރެކޯޑިންސިސްޓަމް، ޕްރިންޓަރ، ފޮޓޯކޮޕީ މެޝިން އަދި މިނޫންވެސް، އައި.ސީ.ޓީއާ ގުޅުންހުރި ހުރިހާ އިކުއިޕްމަންޓެއް ބަލަހައްޓައި  އެ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ގަވައިދުން ކުރުން؛ މީގެ ތެރޭގައި ހާރޑްވެއަރ އަދި ސޮފްޓްވެއަރ ވެސް ހިމެނެއެވެ.
  2. ކޯޓުގެ މަސައްކަތްތަކާއި ގުޅިގެން ކޯޓަށް ހޯދާ އޯޑިއޯ/ވީޑިއޯކޮންފަރެންސިން ސިސްޓަމްތަކާއި ސީސީޓީވީ ކެމެރާފަދަ ތަކެތި އިންސްޓޯލް ކުރުމާއި، އެތަކެތި އަޕްޑޭޓްކުރުމާއި އަދި އެތަކެއްޗަށް ދިމާވާ މައްސަލަތައް ގަވައިދުން ޙައްލުކުރުން.
  3. އައިޓީ ފިއުޗަރ އެންހޭންސްމަންޓް ޕްލޭން ތައްޔާރުކުރުން.
  4. އައި.ސީ.ޓީގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ކޯޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  5. ކޯޓުގެ ނެޓްވޯރކް ސިސްޓަމް ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް،  އޮފީހުގެ ޑެއިލީ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ނެޓްވަރކް ދެމެހެއްޓުން.
  6. ކޯޓުގެ ވެބްސައިޓަށް ގެންނަންޖެހޭ އަޕްޑޭޓްތައް ޤަވާޢިދުން ގެނައުމާއި ބެކަޕް ނެގުން، އަދި ވެބްސައިޓަށް ލުމަށް ޙަވާލުކުރެވޭ އެންމެހާތަކެތި ގަވާއިދުން ވެބްސައިޓަށް އެރުވުމާއި، ވެބްސައިޓަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދުން.
  7. ކޯޓަށް ބޭނުންވާ ހުރިހާ އައި.ސީ.ޓީ އިކުއިޕްމަންޓް ގަތުމަށް ބޭނުންވާ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ފާސްކުރުން، އަދި އެ ތަކެތި ލިބުމުން އިންސްޓޯލްކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  8. ކޯޓުން ކުރިއަށް ގެންދާ ޝަރީޢަތްތަކުގެ ތެރެއިން، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކަށް ބޭނުންވާ ޓެކްނިކަލް އިންތިޒާމްތައް ހަމަޖެއްސުން.
  9. ޝަރީޢަތްތަކާއި ގުޅިގެން ނެގޭ ސިއްރު ހެކިބަސް ނެގުމަށްޓަކައި އައި.ޓީ ސެކްޝަނުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން.
  10. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، މެޖިސްޓްރޭޓް ކޯޓުތަކާއި ގުޅިގެން ނަގަންޖެހޭ ހެކިބަސްތައް ނެގުމުގައާއި ޝަރީޢަތްތައް ހިންގުމުގައި، ޤާޟީއަށާއި ސެކްޝަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  11. ކޯޓުގައި ބޭނުންކުރަމުންދާ އެކިކަހަހަލަ ފޯމުތަކާއި ލިޔުންތަކުގެ ފޯމެޓްތަކާއި ލީފްލެޓް އަދި ފޮތްފަދަ ތަކެތީގެޑިޒައިން، ކަމާބެހޭ ސެކްޝަންތަކުން ބޭނުންވާގޮތަށް ތައްޔާރުކޮށްދިނުން.
  12. ކޯޓުގެ މަސައްކަތްތަކުގައި ބޭނުންކުރާ އައިޓީގެ އާލާތްތައް ބޭނުންކުރުމުގައި މުވައްޒަފުންނަށް ކުރިމަތިވާ އެންމެހާ މައްސަލަތަކަށް އެޓެންޑްކޮށް، އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުން.
  13. ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އުފައްދާފައިވާ ކޮމިޓީތަކުގެ ތެރެއިން އެއްވެސް ކޮމިޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ، އެ ކޮމިޓީގައި ގަވައިދުން މަސައްކަތް ކުރުން.
  14. ކޯޓުގެ ޤާޟީންނާއި މުވައްޒަފުންނަށް އައިޓީއާގުޅޭގޮތުން ދޭންޖެހޭ ތާޒާކުރުމުގެ އެކިއެކި ތަމްރީންތައް، ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފަޔާއެކު ހިންގުމާއި ހިނގާ ނުހިނގާގޮތް ބެލުން.
  15. ސެކްޝަންގައި މަސައްކަތްކުރާ އެހެން މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގައި ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ

އިންފޮރމޭޝަން ޓެކްނޮލޮޖީ

މަޤާމަށް ބޭނުންވާ ތަޢުލީމީ ދާއިރާ

އިންފޮމޭޝަން ޓެކްނޮލޮޖީ (ކޮމްޕިއުޓަރ ސައިންސް/ ކޮމްޕިއުޓަރ އިންޖިނިއަރިން/ސިސްޓަމް އެޑްމިނިސްޓްރޭޝަން/ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން)

މަޤާމުގެ ކޯ ޑިސިޕްލިން

ކޮމްޕިއުޓަރ ސައިންސް

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. 

2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ ނުވަތަ ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ 

2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން ނުވަތަ ދޮންދަރިންވެސް ހިމެނޭ ގޮތަށް)

2.5. އަނބިމީހާ ނުވަތަ ފިރިމީހާ؛

2.6. ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛

2.7. މައިދައިތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތައާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛

2.8. ބޮޑޫބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭމީހާ ހިމެނޭ ގޮތަށް)؛

2.9. ދެބެންގެ ދެދަރި މީހަކު ކަމުގައިނުވުން 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ (ޝަރުޢީ ދާއިރާގެ) ވަޒީފާއަށްއެދޭ ފޯމު. (މި ފޯމު ޖުވެނައިލް ކޯޓުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  www.juvenilecourt.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކޮމްޕީޓަންސީ ދާއިރާ

މާރކުސް

އަސާސީ ޝަރުޠު ހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު އަދި ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އެޕްރީލް 2024 ގެ 12:00 ގެ ކުރިން، ޖުވެނައިލް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން، އީ-މެއިލް ([email protected]) މެދުވެރިކޮށް ފޮނުވުމުންވެސް ބަލައިގަންނާނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް ކޮށްފައިވާ އިޢުލާނުގައިވާ ޝަރުޠު ފުރިހަމަވާ 10 ފަރާތަށްވުރެ ގިނަ ފަރާތް މަޤާމަށް ކުރިމަތިލާފައިވާނަމަ، ތަޢުލީމަށާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް، މަޤާމުގެ ޕްރެކްޓިކަލް ޓެސްޓަށް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް ޓެސްޓާއި އިންޓަވިއު އޮންނާނީ، (18 އެޕްރީލް 2024) އާއި (27 އެޕްރީލް 2024) އާ ދެމެދު، (ޖުވެނައިލް ކޯޓުގަ) އެވެ. ނުވަތަ ކޯޓުން ހަމަޖައްސާ ތަނެއްގައެވެ.

އިންޓަރވިއު ކުރެވޭނީ އިމްތިޙާނު (ޕްރެކްޓިކަލް ޓެސްޓް)ގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކީރިނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" މި ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. އަދި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3332645 އަދި 3340730 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނައުމަށް ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު އޮންނާނެ ތާރީޚާއި އަދި އިތުރު މަޢުލޫމާތު އަންގާނީ  އެފަރާތްތަކުން މިކޯޓަށް ދީފައިވާ އީމެއިލް މެދުވެރިކޮށެވެ.
  • މި މަޤާމުގެ އިންޓަވިއުއާއެކު ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނެއެވެ. ޕްރެޒެންޓޭޝަންއާ ގުޅޭ މަޢުލޫމާތު، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް ކޯޓުން މެއިލް ކުރާނެއެވެ.
  • މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު  އިޢުތިރާޒް ނުކުރާނަމައެވެެ.
  • މިއީ މިކޯޓުންކުރި ނަމްބަރު:(IUL)147-AIT/1/2024/07 އިއުލާނާގުޅިގެން، އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިލާފައިނުވާތީ، އަލުން އެމަޤާމަށް މީހުން ހޯދުމަށް ކުރާ އިޢުލާނެކެވެ. އަދި މިމަޤާމަށް ކުރިން ކުރިމަތިލައްވާ އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.
21 މާރިޗު 2024
ހޯދާ