މާފުށީ ސްކޫލް
ދިވެހިރާއްޖެ
ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުން

       މިސްކޫލް ހިމެނޭ ޒޯންގެ ރަށްތަކުން  އެސް.އެސް.ސީ އިމްތިހާންގެ ޕޭޕަރުތައް ނެގުމަށްޓަކައި މިދެންވި ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިދަތުރުތައް ކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިދަތުރުތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި  މިސްކޫލްގައެވެ.
  2. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 31 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

                                                                                                                                                                               

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން

ފޯނުނަންބަރު 7920287

އީމެއިލް: [email protected]

21 މާރިޗު 2024
ހޯދާ