ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
30 ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

30 ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

 

މިއީ 30 ވޯޓާރ ޕިއުރިފަޔަރ ވ.ކެޔޮދޫއަށް ފޯރުކޮށްދީ އިންސްޓޯލްކޮށްދިނުމާގުޅޭގޮތުން ވ.ކެޔޮދޫ ކައުންސިލުން ކުރާ އިއުލާނެކެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން

 ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން (ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން)

26 މާރިޗް 2024 އިން 28 މާރިޗް 2024 އަށް

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00

ރަޖިސްޓަރ ވުމަށް ދުރުވާނެ ތަން:

ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އިދާރާ  (އިޢުލާންގައިވާ މެއިލް މެދުވެރިކޮށް އޮންލައިކޮށްވެސް ރަޖިސްޓަރ ކުރެވިދާނެ

[email protected])

ބީލަން ހުށަހެޅުން

15 އޭޕްރީލް 2024

12:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ބީލަން ހުޅުވުން

15 އޭޕްރީލް 2024

12:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

 

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތުގެ ނަން، ރަޖިސްޓްރީ ނަމްބަރު، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް މިކައުންސިލަށް ހިއްސާ ކުރަންވާނެއެވެ. ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ ފަރާތަކަށްވެސް ބީލަމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ބީލަން ހުށަހަޅާނީ، މި އިދާރާއިން މި މަސައްކަތްތައް ކަނޑައަޅާފައިވާ، އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ.

ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރު 12:00 ގައެވެ. ބީލަންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 12:00 ގައެވެ.

އީމެއިލް މެދުވެރިކޮށް ހުށަހަޅާ ބީލަންތައް އަދި އޮންލައިންކޮށް ސޯޝަލް މީޑިޔާގެ އެކި މަންސަތަށް ބޭނުންކޮށްގެން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 

 

އިތުރު މަޢުލޫމާތު: 

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ފޯން: 6700601

އީމެއިލް: [email protected] 

21 މާރިޗު 2024
ހޯދާ