މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބަންގި މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

 

           ހިންމަފުށީ ކައުންސިލްގެ 1 ވަނަ ބަންގި މުބާރާތް 1445 2024 މާރޗް މަހުގެ 16 ވަނަދުވަހު ވަނީ ބޭއްވިފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނައަށް ދާފަރާތްތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

          މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ

1-    ކޮންމެ އުމުރުފުރާއަކުން 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށް،  9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް )

2-    މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ

        ވީމާ، މިވަނަތަކަށް އިނާމް ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކަށް 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. 

        މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މާރިޗު 2024
ހޯދާ