މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރްއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

          ހިންމަފުށީ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް 1445 2024 މާރޗް މަހުގެ 14 ން 15 އަށް ވަނީ ބޭއްވިފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނައަށް ދާފަރާތްތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

          މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ

1-   ކޮންމެ އުމުރުފުރާއަކުން ދެގޮފިވަކިން 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށް،  9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، 18 އަހަރުން މަތި )

2-   މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށުގެ ޢުމުރުފުރާއިން ފެށިގެން 18 އަހަރުން ދަށުގެ ޢުމުރުފުރާ އަށް )

3-   މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފި 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށުގެ ޢުމުރުފުރާއިން ފެށިގެން 18 އަހަރުން ދަށުގެ ޢުމުރުފުރާ އަށް )

4-   މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1، 2 އަދި 3 ވަނަ ( 18 އަހަރުން މަތި )

5-   މުޅި މުބާރާތުގެ އެންމެގަދަ 5 ފަރާތް

6-   މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ

       ވީމާ، މިވަނަތަކަށް އިނާމް ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކަށް 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. 

       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މާރިޗު 2024
ހޯދާ