މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޔުނައިޓެޑް ނޭޟަންސް ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޟަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) ގެ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" އަށް ވާދަކުރުމަށް ރަށްރަށުން ޝައުޤުވެރިކަން ފާޅުކޮށް ނަން ހުށަހެޅުމުގެ ފުރުޞަތަށް ހުޅުވާލުން

ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އިން ފަތުރުވެރިކަމުގެ ކުރިއެރުމާއި، ތަރައްޤީ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ މައި ވަޞީލަތެއްގެ ގޮތުގައި ރަށުފަތުރު  ތަޢާރަފުކޮށް ހިތްވަރު ދިނުމުގެ ގޮތުން، ރަށުފަތުރުވެރިކަމަށް އަމާޒުކޮށްގެން 2021 ވަނައަހަރުން ފެށިގެން ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން ކުރިއަށް ގެންދަމުންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ޤައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި، ރަށްރަށް  (ވިލެޖަސް) ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިން ޒިޔާރަތްކުރުމަށް ޟައުޤުވެރިކުރުވަނިވި ޙާޢްސަ އާ ތަންތަންކަމުގައި ވަނީ ހިމަނާ ފާހަގަކޮށްފައެވެ. އަދި "ބެސްޓް ޓޫރިޒަމް ވިލެޖް" ނެޓްވަރކްގައި ބައިވެރިވެ، މިނެޓްވަރކްގައި ހިމެނޭ އެހެން ޤައުމުތަކާއި އެކު ފަތުރުވެރިކަމާއި ގުޅުންހުރި އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތުވެސް އެތަންތަނަށް ލިބިގެންދެއެވެ. މިކަމުގެ ސަބަބުން  މިތަންތަން ހާއްސަގޮތެއްގައި އިޝްތިހާރުވުމަށް މަގުފަހިވެގެންދާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން ވަނީ މިއަހަރުގެ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" މި ޕްރޮގްރާމްގައި ވާދަކުރައްވަން ޝައުޤުވެރިވާ ރަށްރަށުން (ވިލެޖަސް) އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާނަމަ މި ޢިއުލާނާއިއެކު ވާ ފޯމު މެދުވެރިކޮށް 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން އެފަދަ ރަށްރަށުގެ ކައުންސިލްތަކުން ޝަޢުޤުވެރިކަން ފާޅުކުރެއްވުމަށްދަންނަވަމެވެ.

އަދި ދަންނަވަމެވެ. މިޕްރޮގްރާމް ގައި ބައިވެރިވެވޭނީ، އެރަށެއްގައި ދިރިއުޅޭ އާބާދީގެ ޢަދަދު 15،000 އަށް ވުރެ މަތިނޫން ރަށްރަށެވެ. މިގޮތުން ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން 8 ރަށެއް ރާއްޖޭގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" އަށް ހުށައެޅުމަށް ގަސްތުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

20 މާރިޗު 2024
ހޯދާ