މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Scholarships for Excellent Foreign Students Sirindhorn International Institute of Technology (SIIT), Thammasat University, Thailand


Scholarships for Excellent Foreign Students

Sirindhorn International Institute of Technology (SIIT), Thammasat University, Thailand

 

ތައިލޭންޑްގެ ސިރިންދޯން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (SIIT)، ތަމަސަޓް ޔުނިވަރސިޓީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ "ސްކޮލަރޝިޕްސް ފޮރ އެކްސެލެންޓް ފޮރިން ސްޓޫޑެންޓްސް" ގެ ދަށުން އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެފަރާތުން ވަނީ އަންގާފައެވެ.

 

ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކަށް 29 މާރިޗު 2024 ގެ ކުރިން އަދި ގްރެޖުއޭޓް ޕްރޮގްރާމްތަކަށް 31 މާރިޗު 2024 ގެ ކުރިން އެފަރާތުގެ އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. މި ސްކޮލަރޝިޕާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މި އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ.

 .....................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

20 މާރިޗު 2024
ހޯދާ