އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ:

ކުއްޔަށް ދޭން ބޭނުންވާ ތަކެތި

ރައްޔިޔުންގެ ރުއްތަށް ކުއްޔަށް ދޫކުރުން.

ބީލަމުގައި ބައިވެރިވުމަށް  ޝަރުތު ފުރިހަމަވާ މީހުން

ބިޑް ހުށަހެޅުމަށް ދެވޭ މި ދަޢުވަތު ހުޅުވިގެންވަނީ ދިވެހި ރައްޔިތުންގެ ސޯލް ޕްރޮޕްރައިޓަރޝިޕްތަކަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާރޓްނަރޝިޕްތަކަށާއި ކުންފުނިތަކަށެވެ.

ބިޑް ރެޖިސްޓްރޭޝަން

ބީލަން ހުށަހެޅޭނީ ރެޖިސްޓަރ ވާ ފަރާތްތަކަށެވެ. އަދި ރެޖިސްޓްރޭޝަން ފީ އެއްގެ ގޮތުން ކޮންމެ ފަރާތަކުންވެސް 500 ރުފިޔާ ހުށަހަޅަން ވާނެއެވެ. ބިޑްގައި ރެޖިސްޓަރ ވެވޭނީ 28 މާރޗް 2024 ވާ ބުރާސްފަރި ދުވަހުގެ މެންދުރު 12:00 އާއި ހަމައަށެވެ.

ބިޑްގައި ރެޖިސްޓަރވާން ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްގައި ރެޖިސްޓަރ ވުމަށް އެދޭ ފޯމު މެދުވެރިކޮށެވެ. ބިޑްގައި ރެޖިސްޓަރ ވުމަށް އެދޭ ފޯމް މިކައުންސިލުން ލިބެން ހުންނާނެއެވެ.

ބިޑްގައި ރެޖިސްޓަރ ކުރުމަށް އެދޭ ފޯމާއިއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ސޯލް ޕްރޮޕްރިއޭޓަރޝިޕް ނުވަތަ ކުންފުނި ނުވަތަ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް.
  2. ބިޑްގައި ރެޖިސްޓަރ ވުމަށް ދައްކަންޖެހޭ އަގަށްވާ -/500ރ. (ފަސްސަތޭކަ ރުފިޔާ) ހުށަހަޅަންވާނެއެވެ. މި ފައިސާއަކީ އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކަށް އަނބުރާ ދެވޭނެ ނުވަތަ ރިފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ.

ބިޑް ހުށަހެޅުމުގެ ޚަރަދު

ބިޑް ކުރުމުގެ މި މުޅި މަރުޙަލާ ކޮންމެގޮތަކަށް ނިމުނުކަމުގައި ވީނަމަވެސް، ނުވަތަ ބިޑް ބާޠިލުކުރަންޖެހުނު ކަމުގައިވީނަމަވެސް، ނުވަތަ ބިޑް އެފަރާތަކަށް ކާމިޔާބު ނުކުރެވުނު ކަމުގައިވީނަމަވެސް، ކަމާގުޅޭގޮތުން ބިޑް ކުރާ ފަރާތަށް އުކުޅަހު ކައުންސިލުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެއެވެ. އަދި، ބިޑް ކުރާ ފަރާތްތަކުން ހުށަހަޅާ ބިޑް ތައްޔާރުކުރުމުގައި ނުވަތަ އެ ބިޑް ހުށަހެޅުމުގައި ހިނގާ ޚަރަދަކަށް ކައުންސިލުން އެއްވެސް މިންވަރަކަށް އެއްވެސްގޮތަކަށް ޒިންމާއެއް ނުވާނެއެވެ.

ބިޑް ސައްޙަވާ މުއްދަތު

ބިޑް ޞައްޙަވާ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެވެ.

ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން

ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް،  23 އެޕްރީލް 2024 ވަނަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑްގައި ރެޖިސްޓަރ ވެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދީ، އެކަން ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ.

ބިޑް އޮންނަންވީ ގޮތް

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު،  އިޢުލާނު ނަންބަރ  އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން

އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް  ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި

ތާރީޚު: 24 އެޕްރީލް 2024

ގަޑި: 11:00

ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބިޑް ހުޅުވާ ތާރީޚު އަދި ގަޑި

ތާރީޚު: 24 އެޕްރީލް 2024

ގަޑި: 11:00

ބިޑް ހުޅުވާ ތަން

ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

ބިޑް ހުށަހެޅުމަށް ބިޑްގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 16 އެޕްރީލް 2024 ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މިފަދައިން ފޮނުވޭ އީމެއިލް ނުވަތަ ސިޓީ ގެ ޖަވާބު 18 އެޕްރީލް 2024 ވާ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވެފައިވާ އެންމެހާ ފަރާތްތަކަށް ފޮނުވޭނެއެވެ.

           ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ފޯމް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 މާރިޗު 2024
ހޯދާ