މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ

މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: ޓެކްނިކަލް މެނޭޖަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: ތިލަފުށި ޑޮކް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޢަސާސީ މުސާރަ ރޭންޖް: 9600.00 ރ

ސަރވިސް އެލަވަންސް: 2500.00 ރ 

ޓެކްނިކަލް އެލަވަންސް: 3000.00ރ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ތިލަފުށި ޑޮކް ޑިޕާޓްމަންޓް، އެމްޓީސީސީ/ ތިލަފުށި ސައިޓް

ޝަރުޠު:

  • ޑިގްރީ އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަދުވެގެން 10 އަހަރު ދުވަހު މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިންޖިނިއަރަރިންގ ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމަޢުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓްގެ އިންޖިނިއަރިންގ ގެ އެންމެހާ މަސައްކަތްތައް މެނޭޖްކުރުން؛ މި މަސައްކަތް ސުޕަރވައިޒްކުރުމާއި ކޯރޑިނޭޓްކޮށް ބޭނުންވާ ލަފާ ދިނުން އަދި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ތަމްރީން ދިނުން.

މަޤާމު:އިންޖިނިއަރ (ސިވިލް)

ބޭނުންވާ އަދަދު: 01  

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)          

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: 7800.00 ރ

ސަރވިސް އެލަވަންސް:2000.00ރ

ޓެކްނިކަލް އެލަވަންސް: 2500.00 ރ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: އަސާސީމުސާރައިގެ %40   

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ޝަރުޠު:            

  • ޑިގްރީ އިން ސްޓްރަކްޗަރަލް އިންޖިނިއަރިންގ ނުވަތަ މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.
  • މަދުވެގެން 02 އަހަރު ދުވަހު ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޕްރޮޖެކްޓް މެނޭޖްމަންޓް/ ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމަޢުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތަށް ބޭނުންވާ ސިވިލް އިންޖިނިއަރިންގ މަސައްކަތް ކޯރޑިނޭޓްކޮށް މި ކަންކަމުގެ ލަފާދީ މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މި މަސައްކަތްކުރުން.

މަޤާމު: އޮޕަރޭޓަރ (ކާރު)

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސާރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މާލެ/ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

ޝަރުޠު:

  • B1 ނުވަތަ B2 ލައިސަންސް ލިބިފައިވުން.
  • މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓުން އަންގާ ގޮތުގެ މަތިން ޓްރާސްޕޯރޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ކާރު އޮޕަރޭޓްކުރުން. މީގެ އިތުރުން ކާރު ސާފު ތަހިރުކޮށް ބެލެހެއްޓުމާއި މެއިންޓެއިން ކުރުން.

މަޤާމު: އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ ރޭންޖް: 5500.00 ރ

ސާރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:

  • B2 , BO  ނުވަތަ B1 ލައިސަންސް ލިބިފައިވުން.
  • މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާސްޕޯރޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން27 އެޕްރީލް 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް:[email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ