ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެ އެޅުމަށް، ދ.ކުޑަހުވަދޫން ބިޑްއުޞޫލުން ބިން ކުއްޔަށްދޫކުރުން

         ކުޑަހުވަދޫ ލޭންޑްޔޫޒް ޕްލޭންގައި، އޮޑިދޯނިފަހަރު ބަނދެ މަރާމާތު ކުރުމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ ސަރަހައްދުން އޮޑިހަރުގެ އެޅުމަށް 3 އަހަރު އަދި 10 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

 

  • ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ. 

 

ރަޖިސްޓްރީކުރުން؛ 

ރަޖިސްޓްރީކުރުން އޮންނާނީ 2024 މާރޗް 19 ވަނަ  ދުވަހުން  ފެށިގެން 2024 މާރޗް 28 ވަނަ ދުވަހުގެ  ނިޔަލަށް  ( ރަސްމީދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް) ރަޖިސްޓްރީ ކުރުމަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.  

ރަޖިސްޓްރޭޝަން ފީ؛ 

ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/200ރ (ދުއިސައްތަރުފިޔާ) އަށެވެ. 

ޕްރީބިޑް މީޓިން؛ 

ޕްރީބިޑް މީޓިންގ އޮންނާނީ 2024 އޭޕްރީލް 17 ވަނަ ދުވަހުގެ 10:00 ގައި ، ޕްރީބިޑްމީޓިންގެ ކުރިން އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޭޕްރީލް 30 ވަނަ ދުވަހުގެ 10:00 ށް 

އެހެނިހެން ކަންކަން؛ 

  • ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ. 
  • ރަޖިސްޓްރީ ނުކުރާ ފަރާތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • ކޮންމެ ބިމަކަށް ބިޑް ހުށަހަޅާނީ ވަކިންނެވެ. އެއްބިމައްވުރެ ގިނަ ބިމަށް 1 ފަރާތަކުން ހުށައެޅިދާނެއެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ލިބޭނީ 1 ބިމެވެ. މިނުކުތާގެ މަޤްޞަދަކީ، ގިނަ ފަރާތްތަކަކަށް އޮޑިހަރުގެ ލިބިގެންދިއުމެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.  ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.
  ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 
19 މާރިޗު 2024
ހޯދާ