ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފްލެޓްގައި ދިރިއުޅުއްވާ ފަރާތްތަކުގެ ސަމާލުކަމަށް:

   މި އިދާރާގެ ނަންބަރ (IUL)468-LMS/468/2024/7 (07 ޖެނުއަރީ 2024 ) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

   ފްލެޓްތަކުގައި ދިރިއުޅުއްވަމުންދާ ފަރާތްތަކުން ގަސްއިންދުމަށް ޚާއްސަ ކުރެވިފައިވާ ގޮޅީގެ ބޭރުން ފްލެޓްތަކުގެ ކުރިމަތީގައި ހިނގުމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދާއި، ކާޕެޓް ހައްދާފައިވާ ސަރަޙައްދުގައި އިންދާފައިހުރި ގަސްތަކާއި ބަހައްޓާފައި ހުރި ގަސް ޕޮޓްތައް ނެގުމަށް އެކިފަހަރު މަތިން ނެގުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އެހެންނަމަވެސް، މިއަދާއިހަމަޔަށް ގިނަ ފަރާތްތަކުން މިތަކެތި ނަގާފައިނުވެއެވެ. މީގެ އިތުރުން، ގާރޑެން ހެދުމަށް ފްލެޓްތަކަށް ދޫކޮށްފައިހުރި ސްލޮޓްތަކުގައި ބައެއް ފަރާތްތަކުން އުސްކޮށް ބޮޑުކޮށް ހެދޭ ގަސްތައް އިންދާފާ ހުރުމުގެ ސަބަބުން އެކިއެކި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެކިކަހަލަ އުނދަގޫވާކަމުގެ ޝަކުވާ ކައުންސިލަށް އަންނަނީ ލިބެމުންނެވެ. އަދި ބޮޑެތި ގަސްތައް އިންދުމުގެ ސަބަބުން މިދެންނެވި ތަނުގައި ފްލެޓް މެއިންޓެނެންސް މަސައްކަތް ކުރުމަށް ވަނީ ދަތިވެފައެވެ.

   އެހެންކަމުން މިދެންނެވި ގޮތަށް ގަސްތައް އިންދާފާއި ހުރި ފަރާތްތަކުން އެތަކެތި ސްލޮޓުން ބޭރަށް އަދި އުސްކޮށްހުރި ބައި ކޮށައި ނުވަތަ ނެގުމަށް ދަންނަވަމެވެ.

   އަދި 10 އެޕްރީލް 2024 އާއި ހަމަޔަށް ނަގާފައި ނުވާނަމަ، ކައުންސިލުން މިތަކެތި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މިފަދައިން މިތަކެތި ނެގުމުގެތެރޭގައި ލިބޭ ގެއްލުންތަކުގެ ޒިންމާ ކައުންސިލުން ނުނަގާނެ ވާހަކަވެސް ދެންނެވީމެވެ.

18 މާރިޗު 2024
ހޯދާ