ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ

އިޢުލާން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް

މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދު (ވާރޝަން 2023) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމްތަކަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ "އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ" 2024 މާރިޗް 26 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

ތަން: އޯޓީޕީ ބައި ސޮލައިޓް (ދުނބުގަސްމަގު، ހެންވޭރު، މާލެ)

ގަޑި: 10:00 ރޭގަނޑު

ވީމާ، މި ބައްދަލުވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުންނަށް ދަޢުވަތު އަރުވަމެވެ. އަދި މެމްބަރުންނަށް އީ-މެއިލް ކުރެވިފައިވާ "މަންދޫބުންގެ ނަން ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2024 މާރިޗް 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

ޖަލްސާގައި މަންދޫބެއްގެ ގޮތުގައި ބައިވެރިވެވޭނީ މަންދޫބެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

18 މާރިޗު 2024
ހޯދާ