ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް އިންތިޚާބަށް ހުޅުވާލުން

އިޢުލާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް އިންތިޚާބަށް ހުޅުވާލުން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދު (ވާރޝަން 2023) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް ބާއްވާ އިންތިޚާބު 2024 މާރިޗް 26 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ ތިރީގައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. މި މަޤާމުތަކަށް މެމްބަރުން އިންތިޚާބުކުރެވޭނީ، މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ 1 އެޕްރީލް 2025 އަށެވެ.


1- ޕްރެޒިޑެންޓް
2- ސީނިއަރ ވައިސް ޕްރްޒެޑެންޓް
3- ވައިސް ޕްރެޒިޑެންޓް – ވޮލީބޯލް
4- ވައިސް ޕްރެޒިޑެންޓް – އިދާރީ
5- ވައިސް ޕްރެޒިޑެންޓް – އަންހެން
6- ހިންގާ ކޮމިޓީގެ މެމްބަރު 3
7- ހިންގާ ކޮމިޓީގެ މެމްބަރު 4
8- ހިންގާ ކޮމިޓީގެ މެމްބަރު 5
9- ހިންގާ ކޮމިޓީގެ މެމްބަރު 6 – އަންހެން


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބީ މަޤާމަކަށް ކުރިމަތިލެވޭނީ އަންނަނިވި ފަރާތްތަކަށެވެ.
1- މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހިރައްޔިތަކަށްވުން
2- އެސޯސިއޭޝަނުގެ މެމްބަރު ކުލަބެއްގެ މެމްބަރެއް ނުވަތަ އެސޯސިއޭޝަނުގެ އަމިއްލަ މެމްބަރަކަށްވުން، ނުވަތަ
3- އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރަކަށްވުން.
4- ޖިނާޢީ ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ނުވުން. ނުވަތަ އެ ޙުކުމެއް ތަންފީޒުކޮށް ނުވަތަ އެފަދަ ޙުކުމެއް މަޢާފްކުރިތާ 5 އަހަރު ވެފައިވާ ފަރާތަކަށްވުން.
5- ބުއްދި ސަލާމަތުން ހުރުން.


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ އެކްސް އޮފީޝިއޯ މެމްބަރުންގެ (ޕްރެޒިޑެންޓް، ސީނިއަރ ވައިސް ޕްރެޒިޑެންޓް، ވައިސް ޕްރެޒިޑެންޓް – ވޮލީބޯލް، ވައިސް ޕްރެޒިޑެންޓް – އިދާރީ، ވައިސް ޕްރެޒިޑެންޓް – އަންހެން) މަޤާމަށް ކުރިމަތިލެވޭނީ، މަދުވެގެން، އެސޯސިއޭޝަނުގެ 3 (ތިނެއް) ވޯޓުލެވޭ މެމްބަރުންގެ ތާޢީދާ އެކުގައެވެ. އަދި ކުރިމަތި ލެވޭނީ އެއް ޓީމެއްގެ ގޮތުގައެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ، ހިންގާ ކޮމިޓީގެ މެމްބަރު )ހިންގާ ކޮމިޓީގެ މެމްބަރު 3، ހިންގާ ކޮމިޓީގެ މެމްބަރު 4، ހިންގާ ކޮމިޓީގެ މެމްބަރު 5، ހިންގާ ކޮމިޓީގެ މެމްބަރު 6 – އެންހެން) ގެ މަޤާމަށް ކުރިމަތިލެވޭނީ ވަކިވަކި މެމްބަރުންގެ ގޮތުގައެވެ.
ވީމާ، މި މަޤާމުތަކަށް ކުރިމަތިލުމަށް ގަސްދުކުރައްވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ އެހެނިހެން ލިއުންތަކާއެކު 24 މާރިޗް 2024 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ގެކުރިން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުއްވުން އެދެމެވެ.
މި އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ލިސްޓެއް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

18 މާރިޗު 2024
ހޯދާ