ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް 2024 މާރިޗް 3 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން ބާތިލްކުރުން

އިޢުލާން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް

 2024 މާރިޗް 3 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން ބާތިލްކުރުން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދު (ވާރޝަން 2023) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ކޮށްފައިވާ ނަމްބަރު (IUL)NSA-VAM/NSA-VAM/2024/6 ( 3 މާރިޗް 2024) އިޢުލާނާ އަދި އެ މަޤާމުތަކަށް ކުރިމަތިލީ ފަރާތްތައް އަންގައި ކޮށްފައިވާ ނަމްބަރު (IUL)NSA-VAM/NSA-VAM/2024/9 (10 މާރިޗް 2024) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

އިޖުރާޢީ ބައެއް ކަންކަން ފުރިހަމަކުރުމަށްޓަކައި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދު (ވާރޝަން 2023) ގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ކޮށްފައިވާ ނަމްބަރު (IUL)NSA-VAM/NSA-VAM/2024/6 ( 3 މާރިޗް 2024) އިޢުލާނު ބާތިލްކޮށް، އަދި އެ އިޢުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމްތައްވެސް ބާތިލްކޮށްފީމެވެ. އަދި އެ މަޤާމުތަކަށް ކުރިމަތިލީ ފަރާތްތައް އަންގައި ކޮށްފައިވާ ނަމްބަރު (IUL)NSA-VAM/NSA-VAM/2024/9 (10 މާރިޗް 2024) އިޢުލާނަށް ބާތިލްކޮށްފީމެވެ.

18 މާރިޗު 2024
ހޯދާ