ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަސްޓަމަރ ސާރވިސް ރިޕްރެޒަންޓޭޓިވް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

ކަސްޓަމަރ ސާރވިސް ރިޕްރެޒަންޓޭޓިވް

ޑިވިޜަން/ޑިޕާރޓްމަންޓް:

ކޮމަރޝަލް / އެސް.އެމް.އީ ހަބް

ވަޒީފާގެ ބާވަތް:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެސް.އެމް.އީ ހަބް

މަސައްކަތް ކުރަންޖެހޭ ގަޑި:

ޝިފްޓް ޑިއުޓީ

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން ނުވަތަ ވޮކޭޝަނަލް ޓްރެއިނިންގ އަދި 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޖޮބް ޑިސްކްރިޕްޝަން އަށް ރިޢާޔަތް ކުރައްވާ

މުސާރަ:

10،000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައި)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ޕޮލިސް ސެޓްފިކެޓް
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

25 މާރިޗު 2024 ވަނަ ދުވަހުގެ 13:00 އަށް

 

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 25 މާރިޗު 2024 ވަނަ ދުވަހުގެ 13:00 އަށް ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

18 މާރިޗު 2024
ހޯދާ