ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް އެސިސްޓަންޓް

މި ކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ސޭލްސް އެސިސްޓަންޓް، ގރ.1

އަދަދު: 1

މުސާރަ: 3240.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަމާޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1500.00ރ އާއި 2000.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ޕްރޮބޭޝަންއަށްފަހު ސްޓާފް އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން

މަޤާމުގެ މަސްއޫލިއްޔަތު:

  • ރެކްތަކުގައި މުދާޖެހުމާއި ތަކެތި ލޭބަލްކުރުން
  • މުއްދަތު ހަމަވާ ތަކެތި ބަލައި ސުޕަވައިޒަރަށް އެންގުން
  • ކަސްޓަމަރުންނާއި މުޢާމަލާތުކޮށް އެހީތެރިވުން
  • ކައުންޓަރުގެ މަސައްކަތް ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހި ބަހުން ލިޔަންކިޔަން އެނގުން.
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 28ވާދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

20 އޭޕްރިލް 2015
ހޯދާ