މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދުތަކުގެ ޖޯލިފަތިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

ރަށުގެ އިޖުތިމާޢީ ސަރަހައްދުތަކުގެ ޖޯލިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއްހޯދުމަށް

           ރަށުގެ އިޖްތިމާއީ ސަރަޙައްދުތަކުގެ ޖޯލިތައް 1 އަހަރަށް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކޮންޓްރެކްޓަރާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

  1. އިޖުތިމާޢީ ސަރަހައްދުތަކުގެ ޖޯލިފަތިތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ ޖޯލިތައް އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި މަރާމާތުކޮށް ނިންމުން.
  2. ޖޯލިތަކުގެ ޙާލަތުބަލާ މަރާމާތުކުރަންޖެހޭ ޖޯލިތައް މަރާމާތުކުރަމުން ގެންދިއުން.
  • މަސައްކަތަށް ބޭނުންވާތަކެތި ހޯދުން:
  1. މަސައްކަތަށް ބޭނުންވާ ސާމާނު ( ހޮޅި، ނަނު، މޮހޮރު، އިސްކުރު އަދި ފަތި ) ކައުންސިލްއިން ފޯރުކޮށްދޭނެއެވެ.
  2. ޖޯލީގައި ބޭނުންކޮށްފައިވާ ރަނޑޫމޫ، ދަނޑި ފަދަތަކެތި ހޯދަންވާނީ މަސައްކަތް ހަވާލުވާފަރާތުންނެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މާރޗް 2024 ވާ އާދިއްތަ ދުވަހު 10.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 26 މާރޗް  2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" އިޖްތިމާޢީ ސަރަޙައްދުތަކުގެ ޖޯލިތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ.  މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.  އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

 

 

 

 

 

 

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

100%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

 

2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަމިއްލަ ފަރުދެއްނަމަ އެ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީއާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 މާރިޗު 2024
ހޯދާ