ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ފޮނުއްވާފައިވާ ކާޑުގެ ބާވަތްތައް ބެހުން.

އިޢުލާން

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ފޮނުއްވާފައިވާ ކާޑުގެ ބާވަތްތައް ބެހުން.

ރޯދަ ހަދިޔާގެ ގޮތުގައި ތިނަދޫގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ފޮނުއްވާފައިވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ގޮދަންފުށް ތިނަދޫ ގޭބިސީތަކަށް ދޫކުރުމުގެ މަސައްކަތް 17 މާރިޗް 2024 އިން 21 މާރިޗް 2024 ގެ ނިޔަލަށް ތިރީގައިވާ ގަޑިތަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާނުކުރަމެވެ. ކާޑު ބެހުމަށް ހަމަޖެހިފައިވަނީ ދިވެހިން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ކާޑު ޙަވާލު ކުރާ ގޮތަށެވެ. އެގޮތުން ރޯދަހަދިޔާ (ކާޑު) ޙަވާލުކުރާނީ ގޭބިސީގެ އިސްފަރާތެއްގެ ނަމާއި އައިޑީކާޑު ނަންބަރު ލިސްޓުކޮށް ސޮއިކުރުވުމަށްފަހުގައެވެ. ގޭ ބިސީއެއް ކަމަށް ބަލާނީ ރައްޔިތުންގެ މަޖިލިސް 2024 އަށް އެކުލަވާލެވިފައިވާ ވޯޓާރސް ލިސްޓުގައި ހިމެނިފައިވާ ގެތަކެވެ. އަދި ގޭބިސީއެއްކަމަށް ބަލާނީ ވަކި ކަރަންޓް މީޓަރެއް ގުޅާފައިވާނަމައެވެ.

ކާޑު ޙަވާލުވުމަށް އަންނަ ފަރާތްތަކުން އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. 1 ގެއެއްގައި ގިނަ ގޭބިސީތައް ދިރިއުޅޭނަމަ، ކަރަންޓު މީޓަރުގެ ނަންބަރު އެނގޭ ގޮތަށް ކަރަންޓު ބިލެއް ގެންނަންވާނެއެވެ.

  • ރޭގަނޑު 21:30 އިން 23:30 އަށް
17 މާރިޗު 2024
ހޯދާ