މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެންޗު ގޮނޑި ހޯދުން

     މިކައުންސިލްގެ އިޢުލާން ނަންބަރ: 336/336/2024/19(IUL) އަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅުއްވާފާއި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.

     ކ.ގުޅީ ބަނދަރު ޒީނަތްތެރި ކުރުމުގެ ގޮތުން، ބަނދަރުގައި ބަހައްޓާނެ 20 ބެންޗު ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ.ގުޅީ ކައުންސިލް އިދާރާ

20 މާރިޗު 2024

ބުދަ

11:30

އަންދާސީ ހިސާބު ހުށަހެޅުން

ކ.ގުޅީ ކައުންސިލް އިދާރާ

24 މާރިޗު 2024

އާދިއްތަ

11:30

 

     މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި  ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް17 މާރިޗު 2024 ން 20 މާރިޗު 2024 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

     އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުވުމަށް ދަންނަވަމެވެ. 

17 މާރިޗު 2024
ހޯދާ