ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ކޭސް އެނަލިސްޓް (ސީނިއަރ މެނޭޖަރ)

މި އިޢުލާންވަނީ 19 މާރިޗު 2024 12:22 ގައި ބާތިލް ކުރެވިފައެވެ.


މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ކޭސް އެނަލިސްޓް (ސީނިއަރ މެނޭޖަރ)

މަޤާމް ނަންބަރު:

TAT-123

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ މެނޭޖަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިވެލުއޭޝަން އެންޑް އެސެސްމެންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/12,000ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/4,800 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ސާރވިސް އެލަވެންސް: -/170 (ވަޒީފާއަށް ނިކުންނަ ރަސްމީ ދުވަހަކަށް)

- ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އިވެލުއޭޝަން އެންޑް އެސެސްމެންޓް ސެކްޝަނުގެ އެންމެހައި ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
  2. އިވެލުއޭޝަން އެންޑް އެސެސްމެންޓް ސެކްޝަނުގެ މުވައްޒަފުންގެ ސުޕަވައިޒަރުގެ ހައިސިއްޔަތުން ކުރަންޖެހޭ އަދި ބަލަހައްޓަންޖެހޭ އެންމެހައި ކަންކަންކުރުމާއި ބެލެހެއްޓުން.
  3. ކޭސް މުރާޖަޢާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  4. ޓްރައިބިއުނަލަށް ހުށަހެޅޭ ޓެކުހާބެހޭ މައްސަލަތައްބަލައި ދިރާސާކުރުން.
  5. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތައް ދިރާސާކޮށް މެމްބަރުންނަށް ބޭނުންވާ ލަފާދިނުން.
  6. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ނިންމުމަށް ރިއާޔަތްކޮށް ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާއަށް އަންނަ ބަދަލުތައް ހިސާބުކުރުމާއި، މިކަމާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. ޓްރައިބިއުނަލަށް  ހުށަހެޅޭ   މައްސަލަތަކުގެ  ތެރެއިން  ޓްރައިބިއުނަލަށް ބަލައިގަނެވޭނެ  މައްސަލަތައް  ކަނޑައެޅުމުގައި ރަޖިސްޓްރާރއަށް އެހީތެރިވެދިނުން.
  8. ސްޓްރެޓެޖިކް ޕްލޭންތައް ތައްޔާރު  ކުރުމުގައި  ބައިވެރިވުމާއި  އަދި މިކަމަށް  ބޭނުންވާ ފަންނީ ލަފާދިނުން.
  9. ޤާނޫނު ތަކާއި ޤަވާއިދުތަކަށް ޓްރައިބިއުނަލުން ހުށަހަޅަންޖެހޭ އިސްލާޙުތަށް ހުށަހެޅުމަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  10. ޓްރައިބިއުނަލުގެ މަސައްކަތާއި ގުޅިގެން މާލޭންބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
  11. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު ޢާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭއްވޭ ޓްރޭނިންތައް ހިންގުމާއި ބޭނުންވާ ލީފްލެޓާއި އެހެނިހެން މެޓީރިއަލްސް ތައްޔާކުރުމާއި އެފަދަ އެހެން ކަންކަމުގައި ލަފާދިނުން.
  12. ލީގަލް، ރިޕޯޓިން އެންޑް ކޭސް މެނޭޖްމަންޓް ސެކްޝަންގެ ވެރިޔާ ޗުއްޓީ  ނުގުމާ ގުޅިގެން އެ ސެކްޝަނާ ހަވާލުވެ  އެ ސެކްޝަންގެ އެންމެހައި ކަންކަން ރާވައި ހިންގާ އަދި މުވައްޒަފުން ސުޕަވައިޒުކުރުން.
  13. ސީނިއަރ މެނޭޖްމެންޓް ކޮމެޓީގެ މެންބަރެއްގެ ގޮތުން ކުރަން ޖެހޭ  އެންމެހާ މަސައްކަތްތައް ކުރުން.
  14. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއެއްގޮތަށް ކުރިއަށްގެންދިއުން.                                          

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގައި ޢަމަލީގޮތުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާހުރުމާއި، އޭގެ ތެރެއިން މަދުވެގެން 3 އަހަރު ދުވަހު ޓެކްސް އެކައުންޓިންގ ދާއިރާގައި އަމަލީގޮތުން މަސައްކަތް ކޮށްފައިވުން. ނުވަތަ
  2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގައި ޢަމަލީގޮތުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާހުރުމާއި، އޭގެ ތެރެއިން މަދުވެގެން 1 އަހަރު ދުވަހު ޓެކްސް އެކައުންޓިންގ ދާއިރާގައި އަމަލީގޮތުން މަސައްކަތް ކޮށްފައިވުން. 

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އަދި އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮންނާނީ، 24 މާރިޗް 2024 އިން 28 މާރިޗް 2024 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2024 މާރިޗް 21 ވަނަ ދުވަހުގެ

 12:00 ގެ ކުރިން

17 މާރިޗު 2024
ހޯދާ