އުކުޅަހު ސުކޫލް، އއ. އުކުޅަސް
ދިވެހިރާއްޖެ
އުކުޅަހު ސްކޫލްގެ 2024 ވަަނަ އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އުކުޅަހު ސްކޫލްގެ 2024 ވަނަ އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 މާރޗް 2024 ން 21 މާރޗް 2024 އަށް (ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 11:00 އަށް) މިއިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓް ކޮޕީ ހުށަހަޅަން ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.  

 މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2024 މާރޗް 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި އުކުޅަހު ސްކޫލް އޮފީހުގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 މާރޗް 27 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އުކުޅަހު ސްކޫލް އޮފީހުގައެވެ.

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރޗް 20 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

އުކުޅަހު ސްކޫލް / އއ.އުކުޅަސް

ފޯން: 7757020

އީމެއިލް: [email protected]

 ނޯޓް: މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

    07 ރަމަޟާން  1445

    17 މާރޗް 2024

17 މާރިޗު 2024
ހޯދާ