ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޑިޕާޓްމަންޓް / ސެކްޝަން:

ސަޕޯޓް ސަރވިސް ޑިވިޜަން / އެޑްމިން އެންޑް އެޗް.އާރު ސެކްޝަން

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ

މުސާރަ:

7,500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް: 2,000.00 ރުފިޔާ

ލިވިންގ އެލެވެންސް 3,000.00 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއަށް މީހުން ވެއްދުމާއި ވަކިކުރުމުގެ އެންމެހައި މަސައްކަތެއް ކުރުން.
  2. މުވައްޒަފުންގެ ޕްރޮބޭޝަން މުއްދަތު ޕްލޭންކޮށް ކުރަންޖެހޭ ކަންތައްތައްކުރުން.
  3. މެމްބަރުންނާއި މުވައްޒަފުންގެ ޙާޟިރީއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  4. މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންތައްތަކުގައި އެހީތެރިވެދިނުން.
  5. މެމްބަރުންނާ މުވައްޒަފުނާގުޅޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
  6. ވަޒީފާއާބެހޭ ޤާނޫނާއި އަދި ޓްރައިބިއުނަލްގެ މުވައްޒަފުންގެ ޤަވާޢިދާއި އިދާރީ އެސް.އޯ.ޕީގައިވާ ގޮތުގެ މަތީން މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.
  7. ޓްރައިބިއުނަލްއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ޕްލޭންކުރުމުގައި އެހީތެރިވުން.
  8. އަލަށް އުފައްދަންޖެހޭ ވަޒީފާތައް އުފެއްދުމުގައާއި އެވަޒީފާތައް އުފެއްދުމަށް ހަދަންޖެހޭ އެނަލިސިސްތައް ހެދުމަށް އެޑްމިން އެންޑް ފައިނޭންސް ޑިރެކްޓަރަށް އެހީތެރިވުން.
  9. އަލަށް ވައްދާ މުވައްޒަފުންނަށް ހިންގަންޖެހޭ އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
  10. މުވައްޒަފުންގެ ފެންވަރުބެލުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން، އެމަސައްކަތްތަކުގައި ޑިޕާޓްމެންޓްތައް ހިންގާ މުވައްޒަފުންނަށް އެހީތެރިވުން.
  11. ޓްރައިބިއުނަލްގެ މުވައްޒަފުންނާއި މެމްބަރުންނަށް ބޭނުންވާ ޓްރެއިނިންގ ނީޑް އެނަލިސިސް ހެދުމުގައި ޑިޕާޓްމެންޓްތައް ހިންގާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
  12. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  13. ތަމްރީނުގެ ކަންތައްތައްދަނީ ޓްރެއިނިންގ ޕޮލިސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި އަދި ސަރުކާރުގެ މުވައްޒަފުން ތަމްރީނުކުރުމާއި ބޮންޑްކުރުމުގެ ޤާނޫނާ އެއްގޮތަށްކަން ޔަޤީންކުރުން.
  14. ތަމްރީނުތަކަށް މުވައްޒަފުން ފޮނުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.
  15. ތަމްރީނުދެވޭ މުވައްޒަފުންގެ ފަރާތުން ތަމްރީނުން ޙާޞިލްވި މިންވަރު ބެލުމަށް އިވެލުއޭޓްކުރުން.
  16. މުވައްޒަފުން ހުށަހަޅާ ޝަކުވާތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުމުގައި ޝަކުވާ ބަލާ ކޮމިޓީއަށް އެހީތެރިވުން.
  17. ރިސެޕްޝަންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  18. ސެޓްފިކެޓްތަކާއި އެހެނިހެން ލިއުންތައް އެޓެސްޓްކޮށްދިނުމުގައި އެހީތެރިވުން.
  19. ބައްދަލުވުންތައް އިންތިޒާމްކުރުން އަދި ބައްދަލުވުންތަކުން ނިންމާ ނިންމުން ތަންފީޒްކުރުމަށް އެހީތެރިވެދިނުން.
  20. ދުވަހު ޔައުމިއްޔާއާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  21. ޓްރައިބިއުނަލުން ޖަވާބުދޭންޖެހޭ ސިޓީތަކަށް ޖަވާބު ދިނުމާއި ކަނޑައެޅިފައިވާ ފައިލްތަކުގައި އެސިޓީތައް ޤަވާއިދުން ފައިލްކުރުން. 
  22. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް ތައްޔާރު ކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުމާއި، ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމުގައި އެހީތެރިވެ ދިނުން.
  23. ޓްރައިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނަރތަކަށް ތައްޔާރުވުމުގައި އެހީތެރިވެދިނުން.
  24. ޓްރައިބިއުނަލުންކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެ ކޮންމެހިދެއްގައި ޢަމަލީގޮތުން ބައިވެރިވުން.
  25. މަސައްކަތުމީހާގެ މަސައްކަތް ހިނގާ ނުހިގާ ގޮތް ބެލުން.
  26. މަސައްކަތު މީހާ ނުހުންނަ ދުވަސްތަކުގައި އޭނާގެ މަސައްކަތް ޕިޔޯނުން ލައްވާކުރުވުން.
  27. އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓަރ ޚިދުމަތް ނުލިބޭ ވަގުތުތަކުގައި އިދާރީ ގޮތުން އޮފީސް ހިންގުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން 
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. މެނޭޖްމަންޓް
  5. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  6. ހިއުމަން ރިސޯސް މެނޭޖްމަންޓް
  7. ފައިނޭންސް
  8. އެކައުންޓިންގ

މަޤާމުގް މަސައްކަތުގް ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް
  4. ފައިނޭންސް
  5. އެކައުންޓިންގ

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،
  3. އައި.ޑީ ކާޑުގެ ކޮޕީ،
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

16 މާރިޗު 2024
ހޯދާ