ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް ސޮފްޓްވެއަރއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސަރވިސަސްއަށް ހިއުމަން ރިސޯސް ސޮފްޓްވެއަރއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިކަން ކޮށްދެއްވިދާނެ ފަރާތްތަކުން 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މޭ 2015 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3323537 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޖުމާދަލްއާޚިރާ 1436     

18 އޭޕްރިލް 2015
ހޯދާ