ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަނބޫދޫ ކައުންސިލަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

               މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށް ދިނުމަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން މީލާދީ 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުން ވެއްޖެއެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 މާރިޗް 17 ވަނަ ދުވަހުން ފެށިގެން 2024 މާރިޗް 21 ވަނަ ދުވަހުގެ މެންދުރު ފަހު 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ފީއެއްގެ ގޮތުގައި 100/- ( އެއްސަތޭކަ ) ރުފިޔާ މިއިދާރާގެ އެކައުންޓަށް ޖަމާކުރަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

             ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2024 މާރިޗް 26 ވަނަ ދުވަހުގެ މފ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިގައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތެއް ދެވެން ނޯންނާނެއެވެ. އެހެން ފަރާތަކުން ދުރުވާނަމަ ޕްރޮޕޯސަލްގައި ސޮއިކޮށްފައިވާ ފަރާތުގެ ސިޓީއަކާއި، ހުށަހަޅުއްވަން ދުރުވާ ފަރާތެއްގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމުން ކަމާގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

ޤަނޫނީ ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު  އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރަށް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ  މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން ނުވަތަ ރަސްމީ ގަޑީގައި 6740015 ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މާރިޗު 2024
ހޯދާ