މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަޅުތަކުގައާއި އާއްމު ސަރަހައްދުތަކުގައި ކުނި އެންދުމާއި ގުޅޭ

މިހާރަކަށްއައިސް މި ރަށުގެ ގެވަޅުތަކުގައާއި އާއްމު ބައެއް ސަރަހައްދުތަކުގައި ކުނި އެންދުމުގެ ބޭނުމަށް ރޯކުރަމުން އަންނަކަން ވާނީ ފާހަގަ ކުރެވިފައެވެ. ނަމަވެސް މިކަމަކީ ކެނދިކުޅުދޫގެ ކުނި ނައްތާލުމުގެ އުސޫލުގެ ދަށުން މަނާ ކަމެއްކަން ދަންނަވަމެވެ.

ކުނި އެންދުމުގެ ހާއްސަ ހުއްދައެއްގެ ދަށުން މި ކައުންސިލުން ކުރިން ދޫކޮށްފައިވާ ހުއްދައަކީ ހުވަނީގެ އުނދަގޫ ދިމާވާ ތަންތަނުގައި އެންދުމަށް ދެވުނު ވަގުތީ ހުއްދައެކެވެ. އެހެންކަމުން އެ ބޭނުމަށް ނޫން އެހެން ބެނުންތަކަށް ގެވަޅުތަކުގައާއި އާއްމު އެކި ސަރަހައްދުތަކުގައި ކުނި އެންދުމަކީ މަނާކަމެކެވެ.

ހުވަނީގެ އުނދަގޫ ދިމާވާ ފަރާތްތަކުން ކައުންސިލަށް އެކަން އެންގުމަށް ޙަސަން މުޙައްމަދު (ކައުންސިލްގެ ނައިބް ރައީސް)އަށް ގުޅުއްވާ އެކަން އަންގަވައިދެއްވުން އެދެމެވެ.  

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04   ރަމަޟާން   1445

14   މާރިޗް     2024  

14 މާރިޗު 2024
ހޯދާ