އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ ހިތަދޫ އަވަށުން 05 ބިމާއި ފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުން

އިޢުލާން

         

އައްޑޫ ސިޓީ ހިތަދޫ އަވަށުން 05 ބިމާއި ފޭދޫ އަވަށުން 1 ބިން ކުއްޔަށް ދޫކުރުން

އައްޑޫ ސިޓީ ހިތަދޫ އިން 05 (ފަހެއް) ބިމާއި، ފޭދޫ އަވަށުން 1 (އެކެއް) ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.

އަވަށް

ބިމުގެ ތަފްޞީލު / ކުލީ ބިމަށް ދެވިފައިވާ ނަންބަރު

ކުއްޔަށް ދޫކުރާ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓު)

ސ.ހިތަދޫ

KB 1

ޢާއްމު ވިޔަފާރި ކުރުމަށް

2506

ސ.ހިތަދޫ

KB 2

ޢާއްމު ވިޔަފާރި ކުރުމަށް

5198

ސ.ހިތަދޫ

KB 3

ޢާއްމު ވިޔަފާރި ކުރުމަށް

5198

ސ.ހިތަދޫ

KB 4

ޢާއްމު ވިޔަފާރި ކުރުމަށް

3000

ސ.ހިތަދޫ

5 KB

ގޭސް ވިއްކުމަށް

2750

ސ.ފޭދޫ

ކުރީގެ ކުޑަކުދިންގެ ޕާރކުގެ ބިން (ބިމުގައި ހުރި ހަޓާއެކު)

ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމަށް

2516.3

 

 

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

#

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

17 މާރިޗް 2024އިން  26 މާރިޗް 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 13:00އަށް

މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް  މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

17 މާރިޗް 2024އިން  26 މާރިޗް 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 13:00އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

 

17 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ ހެނދުނު 10:00

 

މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް ހިމެނޭ ބިމުގެ ޗާޓުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.

04 ރަމަޝާން   1445

14   މާރިޗް   2024

14 މާރިޗު 2024
ހޯދާ